ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އާއި ޢާއިލާއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ ޢާއިޝަތު ޝިހާމް-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
18 Feb 2024 | 10:01
ހަފްތާ 14ގެ ވަޢުދުތަކުގެ ތެރެއިިން ޢާއިލާއާ ބެހޭ ވުޒާރާގެ އިޚްތިޞާޞްގައިވާ ހުރިހާ ވަޢުދެއް ފުއްދަވައިފި!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ 14ހަފްތާގެ މަގުޗާޓާގައި ހިމެނިފައިވާ ކަންތައްތަކުގެ ތެރެއިިން އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނިފައިވާ ހުރިހާ ވަޢުދެއް ފުއްްދަވައިފިއެވެ. 

ހަފްތާ 14 ގެ މަގުޗާޓުގައި ހިމެނޭ ކަންކަމުގެ ތެރެއިން އާއިލާއާއި ބެހޭ ވުޒާރާގެ އިހްތިސާސް ގައި ހިމެނެނީ ޖުމްލަ 10 ވައުދެވެ. އެއީ؛ 

1) އެންޑޮމެޓްރިއޯސިސް' އަދި 'ޕީސީއޯއެސް' ފަދަ އަންހެނުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން

2) ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދީންނަށް "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމު އެކުލަވާލުން

3) ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފެށުން

4) ބޭރު ޤައުމުތަކުގައި ހޮސްޕިޓާ ބަދަލުކުރަން ނަގާ ފީ، އާސަންދަ މެދުވެރިކޮށް ހަމަޖައްސައިދިނުން

5) ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކަމާގުޅުންހުރި އެކި ފަރާތްތަކާއެކު މަސައްކަތް ފެށުން

6) ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަކަމަށް ބާރުއެޅުމުގެގޮތުން، ޤައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތަޢާރަފުކުރުން

7) ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާދިނުމުގެ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރަން ފެށުން

8) އަންހެން މުވައްޒަފުންނަށް ރައްކާތެރި، ޤަދަރުވެރި އަދި ހަމަހަމަ މަސައްކަތުގެ މާޙައުލެއް ކަށަވަރުކޮށްދިނުމަށް ޓަކައި ޤާނޫނީ އޮނިގަނޑަށް އިޞްލާޙު ހުށަހެޅުން

9) 'އައިވީއެފް ޓްރީޓްމަންޓް' ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާގެ ޚިދުމަތްތައް، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން

10) އިސްރަށްވެހީންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫޢެއް ފެށުން

އިއްޔެ މާލޭގައި ހުޅުވިގެން ދިޔަ އިސްރަށްވެހިންގެ ނާދީ އާއި އެކު، މި ދިހަ ވަޢދުވެސް ވަނީ ފުއްދައި ނިމިފައެވެ. އެ ވަޢުދުތަކާއި ގުޅޭ ތަފްސީލް ރައީސް އޮފީހުގެ ވެބްސައިޓް ގައި ވަނީ ހާމަކޮށްފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ހަފްތާ 14 މަގުޗާޓުގައި ޖުމުލަ 161 ވަޢުދުފުޅު ހިމެނެއެވެ. އޭގެ ތެރެއިން، 78 ވަޢުދު އެއްކޮށް ފުއްދައިދެވިފައިވާއިރު، އެހެނިހެން ވަޢުދުތައް ފުއްދުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް އޮފީހުން ހާމަ ކޮށްފައިވާ މަޢުލޫމާތުން އެނގެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.