ރާއްޖޭގެ ފަޅު ރަށެއް--
ހަބަރު
18 Feb 2024 | 14:52
ކައުންސިލްތަކަށް 25 ފަޅުރަށެއް ދޫކޮށްލަނީ؛ ހޯދަން ބޭނުން ނަމަ ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގެ އެކި އަތޮޅުތަކުން 25 ފަޅުރަށެއް ކައުންސިލުތަކަށް ދޫކޮށްލަން ނިންމައި، އެ ފަޅުރަށްތައް ހޯދުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ކައުންސިލުތަކަށް މި ފަޅުރަށްތައް ދޫކުރަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުންމެވެ. 

މިދިޔަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އެ ގަވާއިދަކީ އިޖުތިމާއީ އެކި ބޭނުންތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގެ ދަށުން ފަޅުރަށްތައް ދޫކުރާނީ ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާންކޮށްގެން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ކައުންސިލަށް ކަމަށާ އަދި މި ރަށްތައް ދޫކުރާނީ ގިނަވެގެން 21 އަހަރަށް ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

ކައުންސިލްތަކަށް ދޫކުރަން ނިންމި ފަޅުރަށްތައް

ހދ. ފަރިދޫ

ހދ. ހިރިނައިދޫ

ށ. ނަރުރިނބުދޫ

ށ. މިގޫދޫ

ނ. ދީފުރަމް

ނ. އިނގުރައިދޫ

ރ. ހިބޫދޫ

ރ. ހުޅުދޫ

ރ. ނެޔޮ

ބ. މާއްޑޫ

ބ. ދަކަންދޫ

މ. މާހުރާ

ފ. މަކުނެއެރި

ދ. ފެންފުށި

ދ. މިނިމަސްގަލި

ތ. ފެންމީރުފުށި

ތ. ކަކޮޅަސް

ލ. ކަނޑަރު

ލ. ބޮޑުމާބުޅަލި

ގއ. ވިލިގަލާ

ގއ. މުނަންދުވާ

ގދ. މާނައިދޫ

ގދ. އާކިރަހުއްޓާ

ގދ. ވާރެޔަދުވާ

ގދ. ލޮނުދޫ

ފަޅު ރަށް ކުއްޔަށް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައި ވާއިރު، ރަށްރަށުގެ ތަރައްގީގެ ބޭނުމަށް ރަށްރަށުގެ ކައުންސިލްތަކުން އެދޭ އިހުތިސާސުން ބޭރުގައި ހިމެނޭ ފަޅުފަޅާއި ރަށްރަށް އެ ކައުންސިލްތަކަށް ހަވާލު ކުރެވޭނެ ގޮތަށް ހަމަޖައްސާ އެކަމުގެ އުސޫލު މި ސަރުކާރުން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އާއްމު ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.