ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުން-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
18 Feb 2024 | 20:07
އަޅުގަނޑުމެން މި ފެށި އިގްތިޞާދީ އެޖެންޑާއިން ރާއްޖެ ދާނީ މައްޗަށް ކަމަށް އައިއެމްއެފްއިން ބުނި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ މި ސަރުކާރުގެ އިގްތިސާދީ އެޖެންޑާގެ ސަބަބުން ރާއްޖެ ދާނީ ކުރިއަށް ކަމަށް އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިދިޔަ 5 އަހަރު ނިމުނުއިރު 120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތްއިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތީ މިއިން ޒަމާނަކު ނުވެއްޓޭހާ ބޮޑު އަނދަވަޅަކަށް ވެއްޓިފައި ކަމަށެވެ.

120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް، މިއި ޒަމާނަކު ރާއްޖޭގެ އިގްތިސޯދީ ހާލަތު ނުވެއްޓޭހާ ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮތީ، އެތައް ސަތޭކަ ބިލިއަން ރުފިޔާގެ ލޯނު ކޮންމެ އަހަރަކު ނަގަމުން ދިޔައީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް ވިދާޅުވީ ސަރުކާރާއި ހަވާލުވިއިރު ރާއްޖޭގެ އިގްތިސާދު އޮތް ހާލަތުން އަރައިގަންނަން ވަރަށް އުނދަގޫ ފިޔަވަޅު ތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި ކެންޕެއިންގެ ތެރެއިންވެސް އެމަނިކުފާނުގެ އިގްތިޞާދީ ޓީމުން، ރާއްޖޭގެ އިގްތިސާދު ވަރަށް ރަނގަޅަށް ދިރާސާ ކުރެއްވި ކަމަށާ، އެ ދިރާސާގެ މައްޗަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެ ޓީމުން ކަނޑައެޅުއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. 

އެގޮތަށް ކަނޑައެޅި އިގްތިޞާދީ އެޖެންޑާ އިއުލާން ކުރީ. އިއުލާން ކޮށްގެން، އެ އިގްތިސާދީ އެޖެންޑާގެ މަތިން ފުރަތަމަ ދުވަހުން ފެށިގެން ފަށައިގެން މިއަދާއި ހަމައަށް މިއައީ. އެއީ އަޅުގަނޑުމެން އަމިއްލައަށް ފެށި އިގްތިސާދީ އެޖެންޑާއެއް. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އިގްތިސާދީ އެޖެންޑާގެ ތެރެއިން، އަދި އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުތަކުގެ ތެރެއިން އެންމެ އުނދަގޫ އެއް ވަޢުދުފުޅަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށެވެ. އެހެންނަމަވެސް، އެކަން ހުއްޓާ ނުލި ނަމަ، ރާއްޖެ އިތުރަށް އިގްތިސާދީ އަނދަވަޅަށް ވެއްޓި، ރައްޔިތުންގެ ބޮލަށް ޖެހޭ ދަރަނި މަތިވަމުންދާނެ ކަމަށެވެ. އެހެންކަމުން، އުނދަގޫ ނަމަވެސް އެ ވަޢުދު ފުއްދަވާފައިވާނެ ކަމަށާ، އެކަން އައިއެމްއެފް އިން ވެސް ބަލައިގެންފައިވާ ކަމަށެވެ. 

އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރ އަޅުގަނޑާއި ބައްދަލު ކުރައްވާފައިވެސް ދެންނެވީ އެވާހަކަ. އަޅުގަނޑުމެން އަމިއްލައަށް ނިންމައިގެން މިފެށި އިގްތިސާދީ އެޖެންޑާއިން ރާއްޖެ ދާނީ އެންމެ ދިމާލަކަށޭ. އެއީ މައްޗަށޭ. އެހެން ހަމަ ލަފްޒީ މާނާގައި ވިދާޅުވީ. މާނަ އަކީ އިގްތިސާދު ދާނީ މައްޗަށޭ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

އެހެންކަމުން ރައީސް މުޢިއްޒު ވަނީ، މި ސަރުކާރުގެ އިގްތިސާދީ އެޖެންޑާއަށް އިތުބާރު ކޮށް، އެއާއިގެން ކުރިއަށް ދިޔުމަށް ސަރުކާރަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ