ރައީސުލްޖުމުހޫރިއްޔާ އައްޑުއަށް ވަޑައިގެންނެވުން
ހަބަރު
18 Feb 2024 | 20:05
މި ސަރުކާރުން ނަގާ ލޯނުތައް ނަގާނީ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނަގޮތަށް: ރައީސް ޑރ. މުއިއްޒު

މި ސަރުކާރުން ނަގާކޮންމެ ލޯނެއްވެސް ނަގާނީ ދިވެހިރައްޔިތުންނަށް މުއްސަދިކަން ލިބޭގޮތަށް، ރައްޔިތުންގެ ޖީބަށް ފައިސާވަންނަ ގޮތަށްކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މިއަދު އައްޑު އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އައްޑޫ މަރަދޫ ފޭދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު މުޅި ޤައުމު އޮތީ އިޤްތިޞާދީ ބޮޑުވަޅުގަނޑެއްގެ ތުންފަތްމަތީގައި ކަމަށާއި، އެކަމުން އަރައިގަތުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އިޤްތިޞާދީ ގޮތުން ރާއްޖެ މިއިން ދުވަހަކުވެސް ނުވެއްޓޭހާ ދަށަށް ނިމިދިޔަ ސަރުކާރުގައި ވެއްޓިގެން ގޮސްފައި ވަނީ އެސަރުކާރުން ކަންތައްތައް ކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށާއި، އެގޮތުން ނިމިދިޔަ ސަރުކާރުން ނަގާފައިވާ ހުރިހާ ލޯނެއްވެސް ނަގާފައިވަނީ ދިވެހިރައްޔިތުންނަށް އެއްވެސް ފައިދާއެއް މަންފާއެއް ލިބޭނެ ފަދަ ގޮތަކަށް ނޫންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ރައީސް ވަނީ އެމަނިކުފާނުގެ ހައުސިން މިނިސްޓަރުކަމުގައި، ރައީސް ޔާމީންގެ ވެރިކަމުގައި ހިންގުނު އެންމެ ބިޔަ ބޮޑު ޕްރޮޖެކްޓް ކަމަށްވާ މޯލްޑިވްސް ޗައިނާ ފުރެއިންޑުޝިޕް ބުރިޖުން މިސާލު ދައްކަވާފައެވެ.

"ބުރިޖު އެޅުމަށްޓަކައި އޭގެ މެޓިރިއަލްސް ހޯދުން ކަމަށްވިޔަސް ، އޭގެ ލޮޖިސްޓިކަލް މަސައްކަތްކަމަށް ވިޔަސް، އެމަސައްކަތަށް އައިސްއުޅުނު މިހުންގެ ކާބޯތަކެތި ގަތުމުގެ މަސައްކަތް ކަމަށް ވިޔަސް، ކުދިކުދި ކަންކަމުންގޮސް އެކިއެކި ކަންކަމުގައި ރައްޔިތުންނަށް ދިވެހިރާއްޖެގެ އެކިއެކި ކުންފުނިތަކަށް އެކަމުގައި އުޅުމުގެ ފުރުސަތު އޮތް މަސައްކަތެއް އެއީ " 

ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އެންމެ ބޮޑު އަދި އެތަނެއްގެ ސަބަބުން މިއަދު އެންމެބޮޑު ފަސޭހައެއް  ލިބެމުންދާ ހުޅުމާލެ ބުރިޖުގެ ވާހަކައަށް ފަހު ދެން ރައީސް ވިދާޅުވެ ދެއްވީ ނިމިދިޔަ އިބުރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ލޯނު ނެގުމުގައި އަމަލުކޮށްފައިވާ ގޮތުގެ ވާހަކައެވެ.

" މިދިޔަ ފަސްއަހަރު ނެގުނު ލޯނުތަކުގައި ސިޔާސަތު އޮތީ އެހެނެއް ނޫން ،މޮހޮރެއް ވިޔަސް ހޯދަން މިޖެހެނީ ލޯނު ދޫކުރި ޤައުމުން . ދިވެހި ރައްޔިތުންނަށް މި މަޝްރޫޢުތަކުން ލިބުނު މުއްސަދިކަމެއް ނެތް. އެހެންވީމާ ރާއްޖޭގެ އިޤްތިޞާދަށް ފައިދާ ނުވިތާގައި ރައްޔިތުން މުއްސަންޖެއް ނުވި "

 ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންވީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ރައްޔިތުންގެ ދިރިއުޅުންހުރިގޮތް ރަނގަޅަށް އެނގިވަޑައިގެން ހުރެގެން ކަމަށާއި އެމަނިކުފާނު މަސައްކަތްކުރައްވަނީ ދިވެހިރައްޔިތުންނަކީ ފުދުންތެރި ތަނަވަސް ބަޔަކަށް ހެއްދެވުމަށް ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދަން ހުރި މަސްރޫޢުތައް ކުރިއަށް ގެންދިއުމުގައި ނަގަންޖެހޭ ލޯނެއްވިއްޔާ ނަގަމުންދާނީ އެއްކަމަކަށް ރައްޔިތުން މުއްސަދިވާގޮތަށް ،ރައްޔިތުންގެ ޖީބަށްއެއިން ފައިސާ ލިބޭގޮތަށް ، ކުދި ވިޔަފާރިތަކަށް މެދުފަންތީގެ ވިޔަފާރިތަކަށް އާރޯކަން އަންނާނެގޮތަށް ނަގާ ލޯނުތައް ނަގަނީ" 

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން މިސަރުކާރުން ދާދިފަހުން ޗައިނާ އާއި އެކު ވެފައިވާ 20 އެއްބަސްވުން ވެސް ވެފައި އޮންނާނީ އެ އެއްބަސްވުންތަކުގެ ދަށުން ރާއްޖެގައި ހިންގޭ މަސައްކަތްތަކުން ބޮޑު އެއްޗެއް ދިވެހިރައްޔިތުންގެ ޖީބަށް ވަންނާނެ ފަދަ ގޮތަކަށްކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ