މަސްވެރިކަމާއި ބެހޭ ވަޒީރު މަސްވެރިންނާއި ބައްދަލުކުރައްވަނީ----ފޮޓޯ: ވޮއިސް
ހަބަރު
18 Feb 2024 | 20:58
ށ. އަތޮޅުގައި ހުންނަވާފައި، ގއ.ކޫއްޑޫއަށް ވަޑައިގެން މިނިސްޓަރ މަސްވެރިންގެ އަޑު އައްސަވައިފި

މި ސަރުކާރުގެ މަސްކަވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް މުހައްމަދު މިއަދު ށ.ހުންނާފައި ގއ.ކޫއްޑޫއަށް ވަޑައިގެން އެރަށުގައި މަސްވެރިން ކުރަމުން ގެންދިޔަ އިޙްތިޖާޖުގެ އަޑު އައްސަވާ މަސްވެރިންނާއި ބައްދަލު ކުރައްވައިފިއެވެ.

ގއ.ކޫއްޑޫގައި މަސްވެރިންގެ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގެންދަޔައީ އެމަސްވެރިންނަށް ސަރުކާރުން ލިބެންވާ ފައިސާ ނުލިބެގެންނެވެ. މަސްވެރިންގެ މި ކަންބޮޑުވުންތައް އައްސަވާ ވަޒީރު ޝިޔާމް ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މަސްވެރިންނަށް ދޭންހުރި ގިނައަދަދެއްގެ ފައިސާ ހުރުމުން ، އެފައިސާ މަސްވެރިންނާއި ހަވާލުކޮށް ހަލާސްކުރުމުގައި ދަތިތަކެއް ދިމާވުމުން މަސްވެރިންނަށް ފައިސާ ހަވާލުކުރުމުގައި ލަސްކަމެއް އައިސްގެން އުޅެނީ ކަމަށެވެ.

ހަމަ މިއާއިއެކު ވަޒީރު ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ހަވާލުކޮށް ނިންމަވާނެކަމުގެ ޔަޤީންކަން އަރުވަކަމަށެވެ. އެކަމުގައި ސީދާ ފަސްވަނަ ދުވަސް އަންނަންދެން މަޑުނުކުރަންވާނެ ކަމަށާއި، ވީ އެންމެ އަވަހަކަށް އެފައިސާ ހަވާލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވަޒީރު ޝިޔާމް މިއަދު މިފަދައިން ވިދާޅުވެފައިވާ އިރު ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު އައްޑޫގައި ހުންނަވާ ވިދާޅުވީ މި ވެރިކަމުގައި މިހޭދަވި 3 މަސްދުވަސްތެރޭގައި 442 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދިވެހި މަސްވެރިންނާއި ހަވާލު ކުރެވިފައިވާނެ ކަމަށެވެ. އަދި މަސްވެރިންނަށް އިތުރަށް ދޭން ޖެހިފައިވާ ފައިސާވެސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ހަވާލުކޮށް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމުގެ ކަންތައްތައް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

ވަޒީރު ޝިޔާމް ށ.އަތޮޅުގައި ހުންނަވާފައި، ގއ. އަތޮޅަށް ވަޑައިގެން މަސްވެރިން ކުރަމުން ގެންދިޔަ އިހްތިޖާޖެއްގެ އަޑު އައްސަވާ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްވައިދެއްވާނެކަމަށް ވިދާޅުވުމުން ގިނަބަޔަކު އަންނަނީ މަސްވެރިކަމާ ބެހޭ ވަޒީރު މިދެއްކެވި  ހިތްވަރުގަދަ ރިވެތި ނަމޫނާއަށް ތަޢުރީފްކޮށް ޝުކުރު އަދާކުރަމުންނެވެ. އެގޮތުން ވަޒީރަށް ތަޢުރީފް ކުރެއްވި އެއްފަރާތަކީ އެމްޑީޕީގެ އެންމެވަރުގަދަ މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ފާހަގަކުރެވިގެން ދިޔަ އަދި މިހާރު ޑިމޮކްރެޓްސްގެ މެމްބަރ ލުކާސްޖަލީލެވެ.

" ށ. އަތޮޅުގަ ހުންނަވާފަ ގއ. ކޫއްޑޫއަށް ވަޑައިގެން މަސްވެރިންގެ ކަންބޮޑުވުންތައް، އަހައި، ސަރުކާރުން ހައްލު ގެނެސްދޭނެ ކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓަރ @Shiyamaldives  ދެއްވަނީ ،އިހުތިޖާޖެއްގެ ބައިވެރިންނާ ސަރުކާރުގެ ފަރާތުން ވަޒީރަކު ވަޑައިގެން މި ގޮތަށް ގާތުން ކަންކަން ހައްލުކުރަން މަސައްކަތްކުރިތަން ކުރިން ނުފެނެ. ރަނގަޅު ބަދަލު ގެންނާނެ ހިތްވަރު ވަޒީރުގެ އެބަ ހުރި" 

ވަޒީރު ޝިޔާމް މަސްވެރިންނާއި ވާހަކަދައްކަވަ ވީޑޯއެއް ހިއްސާކުރައްވާ ލޫކަސް ކުރެއްވި އެކްސް ޕޯސްޓެއްގައި ބުނެފައި ވެއެވެ.

މިސަރުކާރު ވެރިކަމަށް އައުމަށްފަހު ދިވެހި މަސްވެރިންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދާތަން ފެނުނު ނަމަވެސް މަސްވެރިންނަށް ލިބެންޖެހޭ ފައިސާގެ މައްސަލާގައި ދޭތެރެ ދޭތެރެއިން މަސްވެރިން ގެންދަނީ އެމީހުންގެ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.