ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ހަބަރު
18 Feb 2024 | 23:28
ރައީސް ޔާމީނަށް އިންސާފު ލިބެން ޖެހޭ: ރައީސް ޑރ. މުއިއްޒު

މިވަގުތު 11 އަހަރުގެ ޖަލުހުކުމެއް ފުރިހަމަ ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޢަބުދުލް ޤައްޔޫމަށް އިންސާފު ލިބެން ޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އައްޑޫސިޓީއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިރޭ ފޭދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ހަމަޖެހުން މި ގައުމަށް އަންނާނީ ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް ގެނެސްގެން ކަމަށާއި، އަދި ސިޔާސީ ގޮތުން، ސިޔާސީ ވިސްނުމެއްގައި، ސިޔާސީ މަގާމެއްގައި ހުރުމަކީ އަސާސެއް ކަމަށް ކަނޑައަޅައިގެން އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

"އަބަދާ އަބަދު މި ގައުމުން މި ފެންނަނީ ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުން ހައްޔަރު ކުރާތަން، ނޫނީ އަދަބުދީ ބަންދު ކުރާތަން، ސިޔާސީ ވެގެން، އެހެނެއް ނޫން ކުށެއް ކޮށްގެން އަދަބު ދިނުމަކީ އެހެން ކަމެއް، ގާނޫނު ވެރިކަން ހިންގަން ޖެހޭނެ ޑިމޮކްރެސީއެއްގައި ވިއްޔާ، އަދި ޤާނޫނުގެ އާސާސީގެ މަހްފޫމަކީވެސް ޤާނޫނުގެ ވެރިކަން ކުރުން،". 

ރައީސުލް ޖުމހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސްވަނީ ސީދާ ކުރީގެ ރައީސް ޔާމީން އަބުދުލްޤާއްޔޫމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ކުރިންވެސް އެމަނިކުފާނު ދައްކަވަމުން ގެންދެވި އެއްވާހަކަފުޅެއް މިރޭވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ހިސާބުން ޖުޑިސަރީ ވަނީ މިނިވަން ވެފައި ކަމަށާއި މިސާރުކާރުގެ ވަޒީރަކުވިޔަސް އަދި ކުންފުންޏެއްގެ އިސްވެރިއެއް ވިޔަސް ޖުޑިސަރީއަށް ފާޑުކިޔާ ކޯޓުގެ ތެރެއަށް ނުވަންނާނެކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް މީހަކު ހިފާ ހައްޔަރުކޮށް ނުހައްޤުން އަނިޔާއެއް ނުދޭނެ ކަމުގެ ޔަޤީންކަން މިރޭވެސް ދެއްވިއެވެ.

"އަޅުގަނޑު ޤަބޫލު ކުރާގޮތުގައި މިހާ ދުވަސް ވެގެން ދިޔައިރުގައި ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ޤައުމަށް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން، އެމަނިކުފާނަށްވެސް އިންސާފު ލިބެން ޖެހޭނެ،" 

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށާއި އެމަނިކުފާނުގެ އުންމީދަކީ ރައީސް ޔާމީނަށް ޖުޑިޝަރީގެ ތެރެއިން ދާދިއަވަހަށް އިންސާފު ލިބިގެން ދިއުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ