އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނާލްޑް ލޫ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އާ ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
ހަބަރު
19 Feb 2024 | 10:09
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެމެރިކާއިން އުޅަނދުތަކެއް ދެނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާ އިން ޕެޓްރޯލް ބޯޓުތަކަކާއި މަތިންދާބޯޓެއް، ރާއްޖެއަށް ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނަލްޑް ލޫ ވިދާޅުވެއްޖެ އެވެ.

ލޫ މިފަދައިން ވިދާޅުވެފައި ވަނީ ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް ފޯ ޕީސް (ޔޫއެސްއައިޕީ) ގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އިންޑޯ-ޕެސިފިކް ގުޅުމާ ބެހޭ ޕެނަލް ޑިސްކަޝަން ގައެވެ.

އެގޮތުން ލޫ ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ރާއްޖެއިން ބަލަހައްޓާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިން 53،000 ކިލޯމީޓަރަށް އަރާ ކަމަށެވެ. އެހެންކަމުން އެ ބިޔަ ސަރަހައްދު ބެލުމަށް ރާއްޖެއަށް އެހީވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެއީ ގާތްގަނޑަކަށް ފްރާންސާ އެއްވަރުގެ ސަރަހައްދެއް. އަޅުގަނޑުމެން ރާއްޖެ އަކީ ކުޑަ ގައުމެއް ކަމަށް ދުށް ނަމަވެސް، އެފަދަ ބޮޑު ސަރަހައްދެއްގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަންޖެހޭ،" ލޫ ވިދާޅުވި އެވެ.

މިއާއެކު ލޫ ވިދާޅުވީ އެފަދަ ބޮޑު ސަރަހައްދެއް ބެލެހެއްޓޭނީ ޓެކްނޮލޮޖީ އާއި ތަމްރީނާއި ވަސީލަތްތައް ލިބިގެން ކަމަށްވާއިރު، ދުނިޔޭގެ ބޮޑެތި ގައުމުތަކުން ރާއްޖެ އަށް އެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށެވެ. 

އެހެންކަމުން ރާއްޖެއަށް ހަތަރު ޕެޓްރޯލް ބޯޓާއި, އެއާކްރާފްޓެއް ދިނުމުގެ މަޝްވަރާ ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ދާދި ފަހުން އަޅުގަނޑުމެން [އެމެރިކާ] ވާނީ ރާއްޖޭގެ ނޭވީ އަށް ހަތަރު ޕެޓްރޯލް ބޯޓު ދޭން ކޮމިޓުވެފައި. އަދި އެއާކްރާފްޓެއް ފޯރުކޮށްދިނުމުގެ މަޝްވަރާތައް ވެސް އެބަކުރެވޭ. މި ހުރިހާ އުޅަނދުތަކާއި އަދި އިތުރު ވަސީލަތްތައް އެ ސަރަހަައްދު ރައްކާތެރިކުރަން [ރާއްޖެއަށް] ބޭނުންވޭ،" ލޫ ވިދާޅުވި އެވެ.

ލޫ މިހެން ވިދާޅުވެފައިވާއިރު، ދާދިފަހުން އޭނާ ވަނީ ރާއްޖެއަށް ވަޑައިގެން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި އެމެރިކާގެ އެއްބާރުލުން އިތުރުކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަން ރައީސް އޮފީހުން ވެސް ފާހަގަކޮށްފައިވެއެވެ. 

ބޭރުގެ ގައުމުތަކަށް ބަރޯސާނުވެ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓޭނެ ގާބިލުކަން އިތުރުކުރަން، އެމްއެންޑީއެފަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން އަންނަކަން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.