އެމްޑީޕީގެ ޕީޖީ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން-- ފޮޓޯ: މަޖިލިސް
ހަބަރު
19 Feb 2024 | 12:59
ކުރީ ސަރުކާރުން އެކުލަވާލި ފޮރިން އެކްސްޗޭންޖް ރިފޯމް ސިޔާސަތު ތަންފީޒުކުރުމަށް އެމްޑީޕީން ގޮވާލައިފި

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުން އެކުލަވާލި ފޮރިން އެކްސްޗޭންޖް ރިފޯމް ސިޔާސަތު ތަންފީޒުކުރުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.

މިމަހު ރައީސް ޑރ.މުއިއްޒު ދެއްވި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީ، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ ރާއްޖެއަށް ބޭރު ފައިސާ ލިބުން ދަތިވެ އެކަމުގެ ސަބަބުން މާކެޓަށް އަންނަ ބަދަލުތަކަކީ ކަންބޮޑުވުމެއް ކަމަށެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވާ މި ސަރުކާރުން ބޭރު ފައިސާ ހޯއްދަވަމުން ގެންދަވާ އާ ގޮތް ތަކުގެ ވާހަކަތައް ފާހަގަކުރައްވަމުން ބިގޭ ވަނީ މިކަމަށް އިތުރު ވަގުތު ހޭދަ ނުކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި އެއް ސަރުކާރުން ކުރާ ކޮންމެ ކަމެއް ބޮލާލައި ޖެހުމުގެ ދިގު މާޒީއަށް ބޮޅެއް އިތުރުނުކުރެއްވުމަށް ރަޝީދު އެދިވަޑައިގެންނެވިއެވެ.

"މިކަމުގައި ރާއްޖޭގެ މާލީ އިދާރާތަކާއ,ި ބޭރުގެ އިދާރާތަކުގެ މަޝްވަރާއާއެކު ފޮރިން އެކްސްޗޭންގެ ރިފޯމް ސްޓްރެޓަޖީ އެކުލަވާލައި ނިމިދިޔަ ކެބިނެޓްގެ އެންޑޯޒްމަންޓްވެސް ވަނީ ހޯދާފައި. ރައީސް މިއަދު ކުރައްވަންވީ ކަމަކީ އެކަން ތަންފީޒުކުރެއްވުން."

ރަޝީދު ވިދާޅުވިއެވެ.

ރަޝީދު މިފަދައިން ވިދާޅުވި ނަމަވެސް ކުރީ ސަރުކާރުން އެކުލަވާލި ފޮރިން އެކްސްޗޭންޖް ރިފޯމް އާއި ގުޅޭ އިތުރު ތަފްސީލެއް އެބޭފުޅާގެ ވާހަކައިގައި ހާމަކުރައްވާފައެވެ ނުވެއެވެ.

ރާއްޖެ އަށް ކުރިމަތިވެފައިވާ ޑޮލަރު ލިބުމުގެ މައްސަލަ ހައްލު ކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ހަރުދަނާ ފިޔަވަޅު ތަކެއް އަޅަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ. އަދި ދިވެހި ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުމުގެ މަގުތައް ސަރުކާރުން ފަހި ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.