ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ބްރިޖްގެ މަޝްރޫއު ގައި ސޮއި ކުރުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
19 Feb 2024 | 13:12
ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖްގެ މަޝްރޫއު މިސްރުގެ ކުންފުންޏަކާއި ހަވާލުކޮށްފި

ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖްގެ މަޝްރޫއުގައި ސޮއިކޮށް، މިސްރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އާ މިއަދު ހަވާލުކޮށްފި އެވެ.

އައްޑޫ ސިޓީގައި ބްރިޖް އެޅުމަކީ ރައީސް ޑރ.މުއިއްޒު ގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު، އެ މަޝްރޫއުގައި މިއަދު ސޮއިކުރީ އިންތިހާބަށް ފަހު އެމަނިކުފާނު އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، ހުޅުދޫ ރައްޔިތުންނާ އެކު އޮތް ބައްދަލުވުމުގަ އެވެ.

މި ރަސްމިއްޔާތުގައި ބްރިޖުގެ ސާވޭ އަދި ޕްލިމިނަރީ ޑިސައިން މަސައްކަތުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބެވެ. އަދި އަރަބް ކޮންޓްރެކްޓަރސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބޯޑު މެންބަރު، ހީބާ އަހުމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ އައްޑޫ ސިޓީގައި އަޅާ ބްރިޖަކީ އެންމެ މަދުވެގެން 14 ކިލޯމީޓަރުގެ ބްރިޖަކަށް ވާނެ ކަމަށެވެ. އަދި ރައީސް ޑރ.މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން، އެ ބްރިޖުގެ މަޝްރޫއު އިއުލާން ކުރެއްވުމާއެކު ގިނަ ބަޔަކު ޝައުގުވެރިކަން ފާޅު ކުރި ކަމަށާއި އޭގެ ތެރޭގައި ޗައިނާގެ ބޮޑެތި ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އަރަބް ކޮންޓްރެކްޓާސްއާ މަޝްރޫއު ހަވާލު ކުރެއްވުމަށް ނިންމެވީ އެ ކުންފުނިން މުޅި މަޝްރޫއު އެއްކޮށް ނިންމަން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ މިސަރުކާރުން އެންމެ އިސްކަންދެއްވައިގެން އައްޑޫ ބްރިޖް މަޝްރޫއު ފެއްޓެވުމަކީ، ސަރުކާރުން އައްޑޫ ސިޓީއަށް ގެންގުޅުއްވާ ތަސައްވުރު ހާމަގެންދާ ކަމެއްކަމަށެވެ. އަދި އައްޑޫ ބްރިޖް މަޝްރޫއު ވެގެންދާނީ އުމްރާނީ ބިނާތަކުން ދުނިޔޭގެ ބޮޑެތި ސަހަރުތައް ބަދަލުކޮށްލި ފަދަ މަޝްރޫޢަކަށް ކަމަށްވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ.

"ރައީސް ޑރ.މުޢިއްޒު އައްޑޫގައި ބްރިޖް އަޅުއްވާނެ. އެ ޔަގީންކަން ލިބެނީ ރައީސް ޚުދު އެޔަގީންކަން ދެއްވާތީ، އެހާމެ ކެރިގެން އެވާހަކަ ވިދާޅުވާތީ. ރައީސް ވިދާޅުވާ ބަހުގެ ޔަގީންކަން އެބައޮތް."

ނިޒާރު ވިދާޅުވިއެވެ.

ހިތަދޫ އާއި ހުޅުމީދޫ ގުޅާލުމަށް އަޅާ ބްރިޖުގެ ދިގު މިނަކީ އެންމެ މަދުވެގެން 14 ކިލޯ މީޓަރެވެ. ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގު މިނަކީ 1.3 ކިލޯ މީޓަރެވެ. މާލެ އާއި ވިލިމާލެ އަދި ތިލަފުށި ގުޅާލުމަށްޓަކައި އަޅަމުންދާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. އެހެންކަމުން މިއީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ބްރިޖެވެ.

މި އަހަރުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް ދަ އަރަބް ކޮންޓްރެކްޓާސް އިން އެ މަސައްކަތް ހިލޭ ކޮށްދޭން ޝައުގުވެރިކަން ވަނީ ފާޅުކޮށްފައިކަމަށް ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ