ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އައްޑޫ ސިޓީ ހުޅުމީދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
19 Feb 2024 | 14:02
މިދައުރުގެ ތެރޭގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަސައްކަތް ނިންމާނަން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ މި ދައުރު ނިމުމުގެ ކުރިން، އައްޑޫސިޓީގެ ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަސައްކަތް ނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެެއެވެ. 

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހުޅުމީދޫއަށް ވަޑައިގެންފައިވާއިރު، ހިތަދޫ އާއި ހުޅުމީދޫ ބްރިޖުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާރވޭ މަސައްކަތުގެ މިސްރުގެ ކުންފުންޏެއް ކަމަށްވާ 'ދަ އަރަބް ކޮންޓްރެކްޓަރސް'އާއި ވަނީ ހަވާލުކޮށްފައެވެ. 

މިއެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ވަނީ، އެ ބްރިޖު އެޅުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަކުރައްވައި، އެ ވަޢުދުފުޅު ފުއްދުމުގެ މަސައްކަތް އެ އެއްބަސްވުމާއި އެކު ފެށިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. 

މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، އައްޑޫގައި އެޅޭ އެ ބްރިޖަކީ މިހާތަނަށް ރާއްޖޭގައި އެޅޭ އެންމެ ބޮޑު ބްރިޖު ކަމަށާ، އެފަދަ ބޮޑު މަސައްކަތެއް ކުރާއިރު ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ޓެކްނިކަލް ގިނަ މަސައްކަތްތަކެއް ވެސް ކުރަންޖެހޭނެ ކަމަށެވެ. 

އަދި ބްރިޖުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާރވޭ މަސައްކަތް ނިމިގެންދާއިރު، އެ ބްރިޖު އޮންނާނެ ގޮތުގެ ތަފްސީލީ ޑިޒައިންގެ މަސައްކަތް ނިމިގެންދާނެ ކަމަށާ، އެއާއެކު ބްރިޖު އެޅުމަށް ކޮންޓްރެކްޓަރާއި ހަވާލު ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އަޅުގަނޑު އުއްމީދު ކުރަނީ، އަދި ޔަގީން ކުރަނީ މިއަދު މި ވެވުނު އެއްބަސްވުން ބަދަލުވެގެންދާނީ، އަމަލީ މަސައްކަތުގެ ކޮންޓްރެކްޓަރަކަށް. އިރާދަކުރެއްވިޔާ މިއަހަރުގެ ތެރޭގައި ބްރިޖުގެ ޢަމަލީ މަސައްކަތް ފަށާނަން. އަދި އަޅުގަނޑުގެ އަނދާޒާއަކީ ގާތްގަނޑަކަށް ތިން އަހަރާއި، ހަތަރު އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިމުން. މެކްސިމަމް ފޯ އިޔާސް. އިރާދަކުރެއްވިޔާ މި ދައުރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނިންމައި، މިސިޓީގެ ރައްޔިތުން ހިތަދޫއިން ހުޅުމީދޫއަށް، ހުޅުމީދޫއިން ހިތަދޫއަށް، މުޅި ސިޓީއެއްކޮށް ގުޅި، ރައްޔިތުން ދަތުރުކުރާތަން ފެނިގެންދާނެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އައްޑޫ ބްރިޖަކީ ޝަރަފަށް ކުރައްވާ ކަމެއް ނޫން ކަމަށާ، އެހެނެއްކަމަކު އެއީ އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ހޯދައި ދިނުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ. 

ރައީސް ޑރ.މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން ހިތަދޫ އާއި ހުޅުމީދޫ ގުޅާލުމަށް އަޅާ ބްރިޖުގެ ދިގު މިނަކީ އެންމެ މަދުވެގެން 14 ކިލޯ މީޓަރެވެ. ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގު މިނަކީ 1.3 ކިލޯ މީޓަރެވެ. މާލެ އާއި ވިލިމާލެ އަދި ތިލަފުށި ގުޅާލުމަށްޓަކައި އަޅަމުންދާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. އެހެންކަމުން މިއީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ބްރިޖް ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ