އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
19 Feb 2024 | 14:05
ތިން މަސް ތެރޭ ދިރާސާތައް ނިންމާ، މިއަހަރު ތެރޭގައި ބްރިޖްގެ އަމަލީ މަސައްކަތް ފެށޭނެ: މުއްޠަލިބު

މިސްރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އާއި މިއަދު ހަވާލު ކުރި ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖްގެ އެޅުމަށް ކުރަންޖެހޭ ދިރާސާތައް ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭ ނިންމާ، މި އަހަރުތެރޭ މި ބްރިޖް ގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ބްރިޖުގެ ސާވޭ އާއި ޕްރިލިމިނަރީ ޑިޒައިން މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ މިއަދު އެ ކުންފުންޏާއި އެކު ސޮއި ކުރެވިގެން ދިޔަ އެއްބަސްވުމާއެކު ބޭނުންވާ ދިރާސާތައް ހެދި، ޑިޒައިންތައް ހެދުމުގެ އިތުރުން މި ޕްރޮޖެކްޓަށް ދާނެ ޚަރަދުތައް އެނގި ކަށަވަރުވެގެން ދާނެ ކަމަށެވެ.

އެއާއި އެކު އީސީޕީ ކޮންޓްރެކްޓެއްގެ ތެރެއަށް ވަދެވިގެންދާނެ ކަމަށާއި މިއަދު އެއްބަސްވެގެން ދިޔައީ މި ކޮންޓްރެކްޓާއި ހަމައަށް ދިއުމަށްޓަކައި ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދުމަށްޓަކައި ކުރަން ޖެހޭ ދިރާސާތަކާއި ކުރަން ޖެހޭ އިންޖިނިއަރިން މަސައްކަތްތައް ކުރުމަށް ކަމަށެވެ. 

" އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭގައި މި މަސައްކަތް ނިމި ފައިނޭންސް ހޯދުމުގެ މަސައްކަތް ސަބްކޮންޓްރެކްޓަރސް އިންކޮށް، އަޅުގަނޑުމެންނަށް މިއަހަރު ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމީ އަޅުގަނޑުމެން ވަރަށް ބޮޑަށް ޔަގީން ކުރާ ކަމެއް."

ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރު މުއްޠަލިބް ވިދާޅުވީ  އައްޑޫ ސިޓީގައި އަޅާ ބްރިޖަކީ އެންމެ މަދުވެގެން 14 ކިލޯމީޓަރުގެ ބްރިޖަކަށް ވާނެ ކަމަށެވެ. އަދި ރައީސް ޑރ.މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން، އެ ބްރިޖުގެ މަޝްރޫއު އިއުލާން ކުރެއްވުމާއެކު ގިނަ ބަޔަކު ޝައުގުވެރިކަން ފާޅު ކުރި ކަމަށާއި އޭގެ ތެރޭގައި ޗައިނާގެ ބޮޑެތި ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އަރަބް ކޮންޓްރެކްޓާސްއާ މަޝްރޫއު ހަވާލު ކުރެއްވުމަށް ނިންމެވީ އެ ކުންފުނިން މުޅި މަޝްރޫއު އެއްކޮށް ނިންމަން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޒީރު މުއްޠަލިބް ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ކައުންސިލާއި ރައްޔިތުންނާއި މަޝްވަރާ ކުރެވިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި މި ބްރިޖަކީ އައްޑޫ ސިޓީއަށް ކުރިއެރުމާއި ތަރައްގީ ގެންނާނެ ބްރިޖެއް ކަމަށާއި، މި މަޝްރޫއު ގެ ސަބަބުން އެހެން އަތޮޅުތަކުން ވެސް މީހުން ހުޅުމީދޫއަށް ހިޖުރަކޮށް ރަށް އިތުރަށް ތަރައްގީ ވެގެންދާނެ ކަން ވެސް އެބޭފުޅާ ފާހަގަ ކުރެއްވިއެވެ.

މިއަދު ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި ބްރިޖުގެ ސާވޭ އަދި ޕްލިމިނަރީ ޑިސައިން މަސައްކަތުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބެވެ. އަދި އަރަބް ކޮންޓްރެކްޓަރސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބޯޑު މެންބަރު، ހީބާ އަހުމަދުއެވެ.

މި އަހަރުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ނަމަވެސް ދަ އަރަބް ކޮންޓްރެކްޓާސް އިން އެ މަސައްކަތް ހިލޭ ކޮށްދޭން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސް ޑރ.މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން ހިތަދޫ އާއި ހުޅުމީދޫ ގުޅާލުމަށް އަޅާ ބްރިޖުގެ ދިގު މިނަކީ އެންމެ މަދުވެގެން 14 ކިލޯ މީޓަރެވެ. ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގު މިނަކީ 1.3 ކިލޯ މީޓަރެވެ. މާލެ އާއި ވިލިމާލެ އަދި ތިލަފުށި ގުޅާލުމަށްޓަކައި އަޅަމުންދާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. އެހެންކަމުން މިއީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ބްރިޖް ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ