ދީމާއަކީ ރާއްޖެ ފަހްރުވެރިިވާ ފަދަ ހުނަރުވެރި މޮޅު ކުޅުންތެރިއެއް
ކުޅިވަރު
19 Feb 2024 | 18:09
ކްރޮއޭޝިއާގެ މުބާރާތުން ރާއްޖޭގެ ދީމާއަށް ބޮޑު ކާމިޔާބެއް

ރާއްޖޭގެ އެއްނަމްބަރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތުމަތު ދީމާ އަލީ ކްރޮއޭޝިއާގައި ކުރިއަށްދާ މުބާރާތަކުން ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

އެގޮތުން ދީމާވަނީ މިހާރު ކްރޮއޭޝިއާގައި ފުރިހަމަ ކުރަމުންދާ ތަމުރީނުގެ ތެރެއިން އުމުރުފުރާތަކަށް ވަކިން ވާދަކުރެވޭ ގޮތަށް އެ ޤައުމުގައި ބޭއްވުނު ޑުބެނިކް މެމޯރިއަލް މުބާރާތުގެ 17 އަހަރުންދަށުގެ އުމުރުފުރާގެ ބައިން ފަޙްރުވެރި 2 ވަނަ ހޯދާފައެވެ.

ކްރޮއޭޝިއާގެ ޑޫގޯ ސެލޯ ސިޓީގައި ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލުގައި ދީމާ ބަލިވެފައިވަނީ ، ދުނިޔޭގެ ނިސްބަތުން ޓީޓީގައި ފާހަގަކޮށްލެވޭ ޤައުމެއް ކަމަށްވާ ޕޮލެންޑްގެ ކުޅުންތެރިއެއްގެ އަތުންނެވެ.

ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް އުފެދުނު އެންމެ މޮޅު ޓީޓީ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ދީމާ ކްރޮއޭޝިއާގައި މިވަގުތު ހުރީ އޮލިމްޕިކް ކޮމިޓީގެ ޓްރޭނިން ސްކޮލާޝިޕެއްގެ ދަށުން ލިބުނު ފުރުޞަތެއްގެ ދަށުން ތަމްރީނުތަކެއް ފުރިހަމަ ކުރުމަށެވެ.

އެގޮތުން ދީމާ ތަމްރީނުތައް ފުރިހަމަކުރަމުން އަންނަނީ ކްރޮއޭޝިއާގައި ކުލަބުތަކުގެ ކޯޗުންގެ ބެލުމުގެ ދަށުންނެވެ. އޭގެއިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރި ޒެވޯނިމިރް ކޮރެނިޗްގެ ޓްރޭނިންތަކުގައި ވެސް ހަފުތާއަކު ތިން ފަހަރު ދީމާ ބައިވެރިވަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

ދީމާ ފާހަގަ ކުރެވިފައިވަނީ ކުޅިވަރުގެ ރޮނގުން މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ކާމިޔާބީތައް ހޯދައިދީފައިވާ އެއް ކުޅުންތެރިޔާގެ ގޮތުގައެވެ. އެގޮތުން ދީމާވަނީ އިންޑިއަން އޯޝަން އައިލެންޑު ގޭމްސް އިންވެސް ރާއްޖެއަށް ރަންމެޑެލް ހޯދައިދީފައެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ބުނެފައިވަނީ މިފަދަ ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް ދުނިޔޭގެ އެންމެ ރަނގަޅު ތަމްރީނާއި ތަޖުރިބާ ހޯދައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.