އަޙްމަދު ޠާރިޤް (ޓޮމް)
ހަބަރު
19 Feb 2024 | 21:28
ރައްޔިތުން އަމަލުކުރަން ޖެހެނީ ވުޖޫދުގައި އެވަގުތަކު އޮތް ޤާނޫނަކަށް: ޠާރިޤް

ދިވެހިރައްޔިތުން އަމަލުކުރަން ޖެހޭނީ އެވަގުތަކު ވުޖޫދުގައި އޮތް ޤާނޫނަކަށް ކަމަށް މަހިބަދޫ ދާޢިރާގެ އިއްޒަތްތެރި މެމްބަރ އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ޓޮމް ވިދާޅުވެފައި ވަނީ ރައްޔިތުން އަމަލުކުރަން ޖެހެނީ ވުޖޫދުގައި އެވަގުތަކު އޮތް ޤާނޫނަކަށް ކަމަށާއި، އަދި މަޖިލީހުން ފާސްކުރާ ހުރިހާ އެއްޗަކީ ޤާނޫނެއްނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން ކަމެއް ފާސްކޮށްފާނެކަމަށް ބަލާ ހިނގަހިނގާ އޮންނަ ޤާނޫނަކަށް އަމަލު ކުރުން ނުހުއްޓުވޭނެ." 

ޓޮމްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވެއެވެ.

ޓޮމް މިފަދައިން ވިދާޅުވެފައިވާއިރު މިވަގުތު މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީ އިސްވެ އޮވެ ޑިމޮކްރެޓިކް ޕާޓީ އާއި ގުޅިގެން ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބު ރޯދައިގެ ފަހަށް ބަދަލުކުރަން ނިންމާފައެވެ.

ޓޮމްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ ކުރިމަތިލުމަށް އިއުލާންކޮށްފައިވަނީ މާރިޗް 17 ގައި އޮންނަ އިންތިޚާބަކަށްކަމަށާއި، ކެންޑިޑޭޓުން ވާދަވެސް ކުރަނީ އެ ތާރީޚްގައި އޮންނަ އިންތިޚާބަކަށް ކަމަށެވެ. ކޮވިޑްފަދަ ގުދުރަތީ  ކަމެއް މެދުވެރިނުވާނަމަ އިއުލާން ކުރި ތާރީޚްގައި ބޭއްވުމަކީ މުހިއްމުކަމެއް ކަމުގައި ޓޮމް ވިދާޅުވިއެވެ.

ޓޮމްގެ ޕޯސްޓު ނިންމާލަމުން ވިދާޅުވެފައިވަނީ އެންމެފަހުން ބޭއްވުނު މާލޭ މޭޔަރު އިންތިޚާބުގައި  31 ޕަސެންޓް މީހުން ވޯޓްލާން ނުކުތީ ރޯދަމަހާ ދިމާވެގެންނޫން ކަމަށާއި، އެއިންތިހާބުގައި 69 ޕަސެންޓް މީހުންގެ ޝައުގުވެރިކަން ނެތުނީ ކޮންމެވެސް އެހެން ސަބަބުތަކަކާ ހުރެކަމަށެވެ.

ޓޮމް މިފަދައިން އެކްސް ޕޯސްޓެއް ކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ މަޖިލިސް އަވަސްކުރުމަށް ގޮވާލާ ބިލް ވަގުތުން ތަސްދީޤު ކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ޗެއާރޕާޝަން ފައްޔާޒު އިސްމާއިލް ގޮވާލައްވާފައި ވަނިކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.