ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް
ހަބަރު
20 Feb 2024 | 10:09
ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑީތަ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމުން އަޒުލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގުނާ އަދަދު ބަދަލުކުރަން މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅު ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަން އުޅުނު ހުށަހެޅުމުގައި ދުސްތޫރީ މައްސަލަތަކެއް ފާހަގަކޮށް އެކަން ހުއްޓުވައިދޭން ބަންޑާރަ ނާއިބް ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލާގައި ކޯޓުން ވަކިގޮތަކަށް އަމުރު ނެރެފައިވަނިކޮށް އަމުރަށް ތަބާނުވާނެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މަޖިލީހުގައި އިއުލާންކޮށް އަދި ސުޕްރީމް ކޯޓުގެ އަމުރާއި ޚިލާފަށް މަޖިލީހުން ނިންމުމެއް ނިންމުމުން އެއީ މިއަދު ބަހުސްކުރަންޖެހޭ ކަމަކަށް ވެގެންގޮސްފިއެވެ.

ދުސްތޫރީ މައްސަލަތަކުގައި އެންމެ ފަހުބަސް ބުނުމުގެ އިޚްތިޔާރު ގާނޫން އަސާސީ މުތުލަގުކޮށް ދީފައިވަނީ ސުޕްރީމްކޯޓަށެވެ.

ގާނޫން އަސާސީއަށް ބަދަލުނުގެނެސް އެބާރަކާއި ރައްޔިތުންގެ މަޖިލީހަކަސް އަދި ވެރިކަން ހިންގުމުގެ ބާރުކަމުގައިވިޔަސް ނުކުޅެވޭނެއެވެ. މިފަދަ މައްސަލަތަކުގައި ސުޕްރީމްކޯޓްގެ ނިންމުމަށް ފާޅުގައި ގޮންޖަހައި ދެކޮޅު ހަދައިފިއްޔާ އޮތީ ކޮންގޮތެއްތޯއެވެ.

ގާނޫން އަސާސީގައި ރައްޔިތުންގެ މަޖިލީހަށް ބާރުތަކެއް ދީފައިވެއެވެ. މަޖިލީހުގެތެރޭގައި ހިނގާ ކަމެއްގައި އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާގޮތަށް ވާހަކަދައްކައި އުޅުމުގެ ދުސްތޫރީ މިނިވަންކަމެއް ދެވިފައި އޮވެއެވެ. އެކަމަކު ކޯޓުގައި ފަނޑިޔާރުކަން ކުރައްވައި ރިޓެޔަރކުރައްވާފައިވާ ގާނޫނީދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ވޮއިސްއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލީހަށްވިޔަސް ހިތަކަށް ދީފައި އޮންނަ ބާރުތަކެއް ނޫނެވެ. އެގޮތަށް ދެކޭކަމަށްވާނަމަ ދައުލަތް ހިންގުމުގެ ނިޒާމު އޮންނާނީ ގަޑުބަޑުވެފައެވެ.

ގާނޫން އަސާސީގައި ދައުލަތް ހިންގުމުގެ ބާރުތަކުގެ ވާހަކަ އަންނައިރު އެންމެ އިސްކުރެވިފައި އޮންނަނީ ދައުލަތް ހިންގުމުގެ ނުވަތަ އެގްޒެކްޓިވް ޕަވަރގެ ވާހަކައެވެ. ގާނޫން އަސާސީ ނަގަހައްޓައި ދެމެހެއްޓުމުގެ އެންމެ އިސްފަރާތަކީ ރައީސުލް ޖުމްހޫރިއްޔާއެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަ މީހެއްގެ ޝަރުތު އުނިވެއްޖެކަމަށް ނިންމުމުގެ ބާރު ގާނޫން އަސާސީން ދީފައިވަނީ ސުޕްރީމް ކޯޓަށެވެ. ޝަރުތެއް އުނިވެއްޖެކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އެއަށް ގޮންޖަހައި އެގްޒެކްޓިވް ޕަވަރއަށްވެސް ނުކިޔަމަންތެރިވެވިދާނެއެވެ. ހަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަމަލު ކުރެއްވި ފަދައިންނެވެ. އެކަމަކު އެއީ ގާނޫނީ ހުކޫމަތް ހިނގާ ދައުލަތްތަކުގައި ކަންކަން ހިގާގޮތެއް ނޫނެވެ. ސުޕްރީމް ކޯޓަށްވެސް ނަހަމަގޮތުގައި އެކޯޓުގެ ބާރުގެ ބޭނުންކޮށް ރައީސުލް ޖުމްހޫރިއްޔާ ވައްކެއް ނުކުރެވޭނެއެވެ. ދައުލަތުގެ ކޮންމެ ބާރަކަށްވެސް ހުދޫދުތަކެއްވެއެވެ.

މިއީ އަކީ ކޮންމެހެން މާ ގާނޫނީ ބަހުސެއް ހިންގަންޖެހޭ މައުޟޫއެއްވެސް ނޫނެވެ. ދުސްތޫރީ މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ ސައްހަކަން ދެމި އޮންނާނެއެވެ. ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ގުނާގޮތް ގަވާއިދުގެ އެކިމާއްދާތަކަށްލައި މަސްހުނިކުރިޔަސް ސުޕްރީމް ކޯޓުގެ އަމުރު އެކޯޓުން ބަދަލު ނުކުރާހާ ހިނދަކު އެގޮތުގައި ދެމި އޮންނާނެއެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ނަތީޖާއަކީ ކޮބާ؟

ދެން އޮތީ ކޯޓުގެ އަމުރަށް ތަބާނުވެ ކޯޓުގެ ހުރުމަތް ކެނޑުމުން ނުކުންނަން އޮންނަ ނަތީޖާއެކެވެ.

ރައްޔިތުންގެ މަޖިލީގުގެ ރައީސް ވިޔަސް ރައީސުލްޖުމްހޫރިއްޔާ ވިޔަސް ސުޕްރީމް ކޯޓުގެ އަމުރަކަށް ތަބާނުވާނެކަމަށް ފާޅުގައި އިއުލާންކޮށްފިނަމަ އެއީ ކޯޓްގެ ހުރުމަތް ކަނޑުން ކަމަށްބަލައި ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރު ކޯޓަށް ލިބިގެންވެއެވެ.

ކޯޓުގެ ހުރުމަތް ކެނޑުމުން ވަކިމުއްދަތަކަށް ޖަލުގައި ބަންދުކުރަން ހުކުމް ކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާއިރު މާދަމާވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކޯޓުގެ ހުރުމަތް ކަނޑައިފިކަމަށް ނިންމައި ޖަލުގައި ބަންދުކުރަން ސުޕްރީމް ކޯޓަށް އިޚްތިޔާރު ލިބިގެންވެއެވެ.

ހުކުމް ނުކުރެވޭނެއޭ ގަބޫލު ނުކުރާނަމޭ ވިދާޅުވިޔަސް ފުލުހުން ބެލުމުގެ ދަށަށް ގެންގޮސް ނުވަތަ ޕެނިޓެންޝަރީން ބަލައި އަތުވެއްޖެނަމަ ސަލާމަތްވާން ވަންނާނެ ގޮޅިއެއް ނެތެވެ. އޮތީ އެންމެ ގޮޅިއެކެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހިމާޔަތް ހޯއްދެވި އިންޑިއާ އެމްބަސީއެވެ.

އެހެންކަމުން ސުޕްރީމް ކޯޓަށް ގޮންޖަހައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުޅުއްވާ ޑްރާމާ ހުއްޓަވާލައްވައި ގާނޫނީ ހުކޫމަތަށް ތަބާވާ ބަޔަކަށް ވާން އެބަޖެހެއެވެ.

ތިޔަގޮތަށް ދައުލަތުގެ ބާރުތައް ގަޑުބަޑެއް ނުކުރެވޭނެއެވެ. ސުޕްރީމް ކޯޓްގެ ހުރުމަތް ކަނޑައި ކޯޓްގެ އަމުރަށް ތަބާނުވާކަން ދެއްކުމުން ސިފަކުރެވެނީ މެންބަރުންގެ ކިބައިގައިވާ ނާތަހްޒީބު ކަމެވެ. ބޯހަރުކަމެވެ. ވަކަރުގޭ ކުދިންގެ އުޅުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ނިންމުން ސައްހަވިގޮތަށް މިއަދު ނިންމާފައިވާ ނިންމުންވެސް ހަމަ ސައްހަ ނުވާންވީ ސަބަބެއް ނެތެއް ނޫންތޯއެވެ. ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑިކަމުގެ މައްޗަށް ގާނޫނީ އަދަބެއް އެކޯޓުން ނުދީ އޮތުމަކީ ރައްޔިތުންގެ މަޖިލީހުގެ ބާރު އޮތްކަން ކަމަށް ހިތަށް އެރުމަކީ ވަރަށް މޮޔަ ދެކޮޅު ނުޖެހޭ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ
22 Jul 2026
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން އެދިއްޖެ
އޮޑިޓުން އެނގޭ ގޮތުގައި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.
22 Jul 2026
އެމްއެންޔޫއިން ޕޯސްޓްގްރެޖުއޭޓް އާ ކޯސްތަކެއް ތައާރަފުކޮށްފި
ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ގައުމަށް ބޭނުންވާ މަތީ ފަންތީގެ މާހިރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން ޕޯސްޓްގްރެޖުއޭޓް އާ ހަ ޕްރޮގްރާމެއް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
22 Jul 2026
61 ވަނަ މިނިވަން ދުވަހާ ގުޅުވައި "ސައްބީސް ކާނިވަލް" ބާއްވަނީ!
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބޭއްވުމަށް ނިންމައިފިއެވެ.
22 Jul 2026
ޑީޖީޖީ އާއި ޒީރޯ ޕޮއިންޓުގެ ރޮކެޓް ލީގު މުބާރާތަށް ނަން ނޯޓުކުރުން ބަންދުވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" އީ-ސްޕޯޓްސް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.
22 Jul 2026
ޕީއެސްއިންނާއި އެސްޖީންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަނީ
ސަރުކާރުގެ ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ދެމުންދާ މުސާރައާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.