ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ހަބަރު
20 Feb 2024 | 21:25
ގިރާވަރުފަޅުން ލިބުނު ގޯތިތައް ގުޅީފަޅަށް ބަދަލުކުރެވިދާނެ: ރައީސް ޑރ. މުއިއްޒު

ނިމިދިޔަ ސަރުކާރުން އެންމެފަހު ވަގުތު ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގޯތި ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމާ މެދު ވަރަށް ފުންކޮށް ވިސްނަވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އާއްމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައީސްގެ ޖަވާބު" ސިލްސިލާ ޕްރޮގްރާމުގެ ދަށުން ހުޅުމާލެ، ފްލެޓް 159204، އާމިނަތު ލީލާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އާމިނަތު ލީލާގެ ސުވާލު އަމާޒުކުރެއްވީ ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގޯތި ގުޅީފަޅަށް ނުވަތަ ހުޅުމާލެ ފަޅަށް ބަދަލުކުރެވިދާނެ ފުރުޞަތެއް އޮތްތޯބެލުމުގެ މައްޗަށެވެ.

ލީލާގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ގިރާވަރު ފަޅުން ގޯތި ލިބުނު ގިނަ ބައެއްގެ ފަރާތުން އެ ސުވާލު ލިބެމުން އަންނަ ކަމަށާއި، އަދި އެކަމަށް ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.

"ތި ސުވާލު އަޅުގަނޑުމެންނަށް އެބަ ކުރިމަތި ކުރައްވާ ބައެއް ބައެއް އެހެން ބޭފުޅުންވެސް. ގިރާވަރުފަޅުން ގޯތިލިބުނު ބައެއް ބޭފުޅުން ހަމަ ތިސުވާލު އެބަ ކުރައްވާ. އަދި ތިކަމަށް ވަކި ގޮތެއް ނުނިންމޭ. ތިކަމަކީ ހަމަ ފުރުސަތު އޮތް ކަމެއް ނަމަވެސް އަދި ސިޔާސަތެއް ކަނޑަނޭޅޭ." 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅީފަޅުން ޖާގަ ލިބިދާނެތޯ ނުވަތަ ނުންތޯ ނިންމަވާނީ، އެ ދެ ތަނުގެ ލޭންޑް ޔޫސް ޕްލޭން ނިމުމުން ކަމަށާއި، މިހާރު އެ މަސައްކަތް އޮތީ ފައިނަލް ކުރުމުގެ މަސައްކަތުގައި ކަމަށެވެ.

"އެހެންވީމަ ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅީފަޅުން ގޯތި ހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި ބައްލަވާ، އަޅުގަނޑުމެން ތިހިޔާލުފުޅަށް ތިޔަސުވާލަށް ވަރަށް ބޮޑަށް ސީރިއަސްކޮށް އެޓެންޑް ވަމުންދާ ވާހަކަ ދަންނަވަން. އިރާދަކުރެއްވިއްޔާމުން ތިޔަށް ވަރަށް އަވަހަށް ޖަވާބެއް ދޭނަން،" 

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާ މިފަދައިން ވިދާޅުވެފައިވާއިރު ގިރާވަރު ފަޅާއި ގުޅީފަޅު ހިއްކުމުގެ މަޝްރޫއަށް މި ސަރުކާރު ވަނީ ބަދަލުގެނެސް ކުރިން ހިއްކުމަށް ހަމަޖެހިފައިވާ ވަރަށް ވުރެ ބޮޑުކޮށް ހިއްކުމަށް ނިންމާފައެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ވައުދަކީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދަޢުރު ނިމިގެންދާއިރު ރާއްޖެގެ އެންމެހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.