ތިނަދޫސިޓީގެ އިންޓަނޭޝަނަލް އެއާރޕޯޓުގެ އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހަބަރު
20 Feb 2024 | 22:27
ތިނަދޫ ސިޓީގައި ބައިނަލްއަޤުވާމީ އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހުވަދު އަތޮޅު ދެކުނުބުރި، ގދ. ތިނަދޫ ސިޓީގައި އިންޓަނޭޝަނަލް އެއާރޕޯޓެއް އެޅުމަށް މިރޭ ސޮއިކުރެވިއްޖެއެވެ.

މި އެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމީޔާތު ބާއްވާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ތިނަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި އެކަމުގެ އެއްބަސްވުމުގައި، ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަން ހަވާލު ކޮށްފައިވާ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މރ. ޖިރާޓް ޕެތްނުންތަވޮންގއެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ މިރޭ މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ތިނަދޫއަށް އަދި މުޅި ގދ.އަތޮޅަށް މިއިން ދުވަހަކު ނާންނަވަރުގެ ބޮޑުތަރައްޤީއަކާއި ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. 

އެގޮތުން އެ ސަރަހައްދުގައި ޔޮޓް މެރީނާއެއް ޤާއިމު ކުރެވި ، ސީޕްލޭން ހަބެއް ހެދި، މިތަނުގައި ފްލައިންގ ސްކޫލަކާއި، ކާގޯ ބްލިންގއަކާއި، ޑީކޮމްޕްރެޝަން ޗެމްބާއެއްވެސް ގާއިމް ކުރެވިގެންދާނެއެވެ. އަދި މިހާރު މަދު ރިސޯރޓެއް އޮތް ނަމަވެސް މި ޕްރޮޖެކްޓްގެ ދަށުން އެކަނިވެސް އެ ސަރަހައްދުގައި 12 ރިސޯޓެއް ތަރައްޤީވެގެން ދާނެކަން ވަޒީރު މުއްޠަލިބު ފާހަގަ ކުރެއްވިއެވެ.

ވަޒީރު މުއްޠަލިބު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މިރޭ މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރެވިގެންދާ ހުރިހާ މަސައްކަތަކީވެސް ދައުލަތުގެ ބަޖެޓުން ހަރަދުކުރުމެއް ނެތި ހަމައެކަނި މަސައްކަތްކުރިއަށް ގެންދާފަރާތުން ހުރިހާ ހަރަދެއްކުރާގޮތަށް ކުރިއަށް ގެންދެވޭ ބިޔަ ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.