ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު
ހަބަރު
21 Feb 2024 | 11:21
މަސްވެރިންނަށް ދޭން ހުރި ފައިސާއިން 442 މިލިއަން ރުފިޔާ ދީފިން؛ ދެންހުރި ފައިސާވެސް ދޭނަން: ރައީސް

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 442 މިލިއަން ރުފިޔާ މިހާތަނަށް ދީފައުވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުވަދުއަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ގދ. ތިނަދޫ ސިޓީއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ސަރުކާރާއި ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ އިގްތިސާދު އޮތީ އަނދަވަޅަކަަށް ވެއްޓިފައި ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ދަރަނި 120,000 މިލިއަނަށް އަރާފައިވާ ކަމަށާ، އޭގެ އިތުރަށް ރާއްޖޭގެ އެތެރޭގެ އެކި އެކި ފަރާތްތަކާއި، އާއްމު ފަރުދުންނަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ.

އެހުރިހާ ދަރަންޏެއްވެސް، ފައިސާ ޗާޕުނުކޮށް ދައްކަމުންދާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފައިސާ ޗާޕުކުރުމަކީ ކޮންމެ ސަރުކާރަކަށްވެސް ފަސޭހަ ވާނެ ކަމެއް ކަމަށާ، ނިމިދިޔަ ސަރުކާރުން އެކަން ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ނިމިދިޔަ ސަރުކާރުން 800 މިލިއަން ރުފިޔާ ޗާޕުކުރުމުންނާއި، އާމްދަނީ ލިބޭނެ ގޮތްތައް ނުހޯދައި ޚަރަދުތައް އިތުރުކުރުމުންނާއި، ޖަމާކުރެވިފައި ހުރި ޑޮލަރު މާރުކުރުމުންނާއި އަދި މިފަދަ އެތައް ސަބަބުތަކަކާ ހުރެ ދިވެހިރާއްޖޭގެ އިޤްތިޞާދު އަނދަވަޅަކަށް ވެއްޓެން މެދުވެރިވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

އެފަދަ ސަބަބު ތަކާއި ހުރެ މަސްވެރި ކަމުގެދާއިރާވެސް ފުން އަނދަވަޅަކަށް ވެއްޓިފައި އޮތް ކަމަށާ، މަސްވެރިންނަށް ނުދީ އެތައް މިލިއަން ރުފިޔާއެއް ހުރި ކަން އެމާނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

އަޅުގަނޑުމެންނާއި ހަވާލުވިއިރުގައި މަސްވެރިންނަށް ނުދީ ހުރި އެތައް ސަތޭކަ މިލިއަން ރުފިޔާ. އެފައިސާ ދީފިން. ޖުމުލަ 442 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭންހުރި ފައިސާއިން ދެވިއްޖެ. މަސް ބާނާ ވަރަކުން ފައިސާ ދައްކަންޖެހޭނެ ކަން އެނގޭ. އަދިވެސް ދޭން އެބައޮތް 298 މިލިއަން ރުފިޔާ. އޭގެ ތެރެއިންވެސް ފައިސާ ދެވެން އޮތް މިންވަރަކުން ދެމުން މިދަނީ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު ވިދާޅުވީ، އެ ފައިސާ ދިނުމުގެ މަސައްކަތް ކުރަމުންދަނީ ރާއްޖެ ވެއްޓިފައި އޮތް އިގްތިސާދީ އަނދަވަޅުން ނެރުމުގެ މަސައްކަތް ކުރައްވަމުން ފައިސް ޗާޕުވެސް ނުކޮށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.