މާލޭގެ ލޯކަލް މާރުކޭޓުގެ ގޮޅިއެއްގެ ހަރެއްގައި ވިއްކަން ފިޔާ އަތުރާފައި--ފޮޓޯ: ވޮއިސް
ހަބަރު
21 Feb 2024 | 13:04
އިންޑިއާއިން ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް: އެސްޓީއޯ

އިންޑިއާއިން ފިޔާ ލިބުމުގައި އެއްވެސް ދަތި ކަމެއް ނެތް ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ ފާއިތުވި ދެ މަހުގެ މާކެޓް ޓްރެންޑަށް ބަލާއިރު ފިޔާގެ އަގު ރާއްޖޭގެ މާކެޓްގައި އަންނަނީ ތިރިވަމުން ކަމަށާއި، ކުރި އެކޭވެސް އެއްފަދައިން އެއްވެސް ދަތި ކަމެއް ނެތި އެސްޓީއޯ އިން ފިޔާ ފޯރުކޮށްދެމުންދާނެ ކަމަށެވެ.

މީގެ އިތުރުންވެސް އެސްޓީއޯއިން ބުނީ ކުރިއަށްއޮތް ރަމަޟާންމަހު އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެސްޓީއޯ އިން ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

މީގެ ކުރިން ފިޔާގެ އަގު ރާއްޖޭގެ ބާޒާރުގައި މަތިވީ މިދިޔަ ޑިސެންބަރު މަހު ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން ހުއްޓާލުމާއި ގުޅިގެންނެވެ. 

މޫސުމީ ގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތި ވެފައިވާ ހާލަތާއި ގުޅިގެން، ބައެއް ގައުމު ތަކަށް ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލައިފައި އޮތް ނަމަވެސް، ދިވެހި ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތި ކަމެއް ދިމާވާނެ އެއްވެސް ފިޔަވަޅެއް އެގައުމުން އަޅާފައި ނެތް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވެސް ވަނީ މީގެ ކުރިން ބުނެފައެވެ. އަދި ފިޔާ ފަދަ ޒަރޫރީ ބާވަތްތައް ރާއްޖެއަށް އިމްޕޯޓް ކުރުމުގައި އެއްވެސް ދަތި ކަމެއް ކުރި މަތި ވެއްޖެނަމަ މިކަމަށް އެކަށޭނަ ހައްލެއް ހޯދާނެ ކަމުގެ ޔަގީން ކަން ވެސް މިނިސްޓްރީން ވަނީ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ