ފަސޫހާ 2023 ވަނަ އަހަރުގެ ނެޝަނަލް ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތްލީޓުގެ ޓްރޮފީ އާއި ހަވާލު ވަނީ.. ފޮޓޯ: އެތްލެޓިކްސް އެސޯސިއޭޝަން
ކުޅިވަރު
21 Feb 2024 | 12:45
11 ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ފަސޫހާ، 800މ އިންޑޯ ގައުމީ ރެކޯޑް އައުކޮށްފި

އިރާނުގެ ވެރިރަށް ތެހެރާނުގައި ފެބުރުއަރީ މަހުގެ 17-19 އަށް ކުރިއަށް ގެންދިޔަ 11 ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޒުވާނުން އަންހެން ދުވުންތެރިޔާ ފަސޫހާ އަހުމަދު, 18 އަހަރުވީ 800މ އަންހެނުންގެ (އިންޑޯ) ގައުމީ ރެކޯޑް އައުކޮށްފި އެވެ.

އުމުރުން 20 އަހަރުގެ ފަސޫހާ 800މ އިވެންޓުގައި ވާދަކޮށް ރޭސް ނިންމީ ދެ މިނެޓު، 22.30 ސިކުންތުންނެވެ. ކުރިން މިރެކޯޑް އޮތީ 2006 ވަނަ އަހަރުގެ އޭޝިއާގެ އިންޑޯ ޗެންޕިއަންޝިޕްގައި ދެމިނެޓު 37.21 ސިކުންތުން ދުވި، ފާތިމަތު ހަޝްމާ އަތުގަ އެވެ. 

ފަސޫހާ، 800 މީޓަރުގެ ދުވުމުގެ ފައިނަލްގައި ދުވެ، ހަ ވަނަ އަށް ދިޔައިރު، އޭނާ ވާދަކުރި ރޭހުގެ އެއް ވަނަ ހޯދީ، އީރާނުގެ ތޮކްތަމް ދަސްތަރުބަންދަން އެވެ. އޭނާގެ ޓައިމިން އަކީ، ދެ މިނިޓް، 09.17 އެވެ.

800މ ދުވުމުގެ އަންހެން (އައުޓްޑޯ) ރެކޯޑު ވެސް އޮތީ ފަސޫހާ އަތުގައެވެ. އަދި މިދިޔަ، ޑިސެމްބަރު މަހު ބޭއްވި ނެޝަނަލް ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ފަސޫހާ ވަނީ އެ މުބާރާތުގައި ދުވެ، އަންހެނުންގެ 1500މ ދުވުމުގެ އިތުރުން 800މ (އައުޓްޑޯ) ގައުމީ ރެކޯޑް ވެސް އައުކޮށްފަ އެވެ.

ނެޝަނަލް ގްރޯން ޕްރީގައި ފާސޫހާ 1500މ ގެ ރެކޯޑް ހެދީ ފަސް މިނެޓު 04.02 ސިކުންތުން ރޭސް ނިންމައިގެން ނެވެ. އަދި 800މ ގެ ރެކޯޑް އައުކޮށްފައިވަނީ ދެމިނެޓު 19.73 ސިކުންތުން ދުވެގެންނެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ ފަހުކޮޅު ފަސޫހާ ވަނީ ތިން ފަހަރެއްގެ މަތިން 800މ (އައުޓްޑޯ) ގައުމީ ރެކޯޑް އައުކޮށްފަ އެވެ.

މި ފަހަރުގެ އޭޝިއާ އިންޑޯ މުބާރާތުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ވެސް ވަނީ ވާދަކޮށްފަ އެވެ. ސާއިދު ދިޔައީ، 60 މީޓަރު ދުވުމުގެ ހީޓު، އެކެއްގެ ހަ ވަނަ އެވެ. އޭނާގެ ޓައިމިން އަކީ، 6.95 ސިކުންތެވެ. އެ ރޭހުގެ އެއް ވަނަ ހޯދި، ޝުހޭއި ޓާޑާގެ ޓައިމިން އަކީ، 6.60 ސިކުންތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ