ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
21 Feb 2024 | 14:01
ވައުދުފުޅާއި އެއްގޮތަށް، މާވަރުލު އެއާޕޯޓާއި ގައްދޫއާ އެއްގަމުން ގުޅުވައިދެއްވާނެކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެ

ރިޔާސީ އިންތިހާބު ގެ ކެމްޕޭން ތެރޭގައިވެސް ވައުދުވެވަޑައިގެންނެވި ފަދައިން، މާވަރުލު އެއާޕޯޓާއި ގައްދޫއާއި އެއްގަމުން ގުޅުވައިދެއްވާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ގދ. ގައްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ މާވަރުލު އެއާޕޯޓާއި ގައްދޫއާއި އެއްގަމުން ގުޅުވައިދެއްވުމުގެ އިތުރުން މާވަރުލު އެއާޕޯޓު އިތުރަށް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ.

ގައްދޫ ގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ގައްދޫގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް ހުރިކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ. މިގޮތުން އެރަށަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ގައްދޫގެ ތަރައްޤީއާ ގުޅިފައިވާ ބިން ހިއްކުމުގެ މަޝްރޫޢެވެ. ރައީސް ޑރ.މުއިއްޒު ވަނީ އެކަން މި ސަރުކާރުން ކޮށްދެއްވާނެކަމަށާއި ހޮސްޕިޓަލް މަޝްރޫޢުގެ މަސައްކަތް ވެސް ވީހާވެސް އަވަހަށް ކޮށްދޭނެ ކަމުގައި ވިދާޅުވެފައެވެ.

ރައީސް ޑރ.މުއިއްޒު ގެ ވައުދުފުޅުތައް ފުއްދެވުމުގައި އަދި ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތައް ކުރުމުގައި ރައްޔިތުން އެއްބާރުލުން ދެއްވުމަށް ބާރުއަޅުއްވާ އެމަނިކުފާނު ވަނީ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ޒިންމާއާ ހަވާލުވެ އެކަމަށް ހުވައެއްކުރުމަށްފަހު، ހަމަހަމަކަމާއެކީ އެމީހަކު އެނިސްބަތްވާ ޕާޓީއަކަށް ބެލުމެއްނެތި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް، މަގާމުތަކަށް އިންތިޚާބުވާ ފަރާތްތަކަށް ވެސް ބާރު އަޅުއްވާފައެވެ.

"ރައްޔިތުން އިންތިޚާބެއްގައި އެމީހަކު ހޮވައި އެ ހަވާލުކުރާ ޒިންމާ އަދާކުރުމުގައި، ތެދުވެރިކަމާއި، އަމާނާތްތެރިކަން އިސްކޮށް ހަމަހަމަކަން އިސްކުރަން ޖެހޭނެ. ސިޔާސީ ފިކުރާއި ސިޔާސީ ވިސްނުމަކީ ދޭތެރެ މެދުން ހުރަހަކަށް ވާންޖެހޭކަމަކަށް ހަދައިގެން ނުވާނެ"

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ގައްދޫގެ ރައްޔިތުންނާއި ރައީސް ޑރ.މުއިއްޒު ބައްދަލު ކުރައްވާ، އެމަނިކުފާނު ވަނީ  މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދަވައި ޤައުމު ތަރައްޤީކޮށް ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްތައް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
އެލާމާ ނުލައި ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކު ހޭލާނީ ކިހިނެއް؟
ހެނދުނު ހޭލުމަށްޓަކައި އެލާމް ގަޑީގެ ބާރު އަޑަށް ބަރޯސާވާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. ނަމަވެސް، ނިދުމާ ގުޅޭ ސިއްޙީ ރަނގަޅު އާދަތަކަށް ސަމާލުކަން ދީފިނަމަ، އެއްވެސް އެލާމަކާ ނުލައި ގުދުރަތީ ގޮތުން ހެނދުނު ތާޒާކަމާއެކު ހޭލެވިދާނެ ކަމަށް ސައިންސްވެރިންނާއި ނިދީގެ ތަޖުރިބާކާރުން ބުނެއެވެ.
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ