ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
21 Feb 2024 | 14:25
ޒިންމާ އަދާކުރުމުގައި ސިޔާސީ ފިކުރާ ސިޔާސީ ވިސްނުމަކީ ހުރަހަކަށް ހަދައިގެން ނުވާނެ: ރައީސް ޑރ.މުއިއްޒު

ޒިންމާތައް އަދާކުރުމުގައި ސިޔާސީ ފިކުރާއި، ސިޔާސީ ވިސްނުމަކީ ހުރަހަކަށް ނުހެދުމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު ގދ ގައްދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ މިފަދައިން ވިދާޅުވި އިރު، އެ ރަށުގެ ކައުންސިލުންގެ ފަރާތުން އެމަނިކުފާނަށް މާބޮޑު އެއްބާރުލުމެއް ލިބިފައެއް ނުވެއެވެ.

މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިހާތަނަށް ސިޔާސީ ގޮތުން މުޅިން ހިޔާލު ތަފާތު ޕާޓީ، އެމްޑީޕީގެ ކައުންސިލުތަކުގެ ރައީސުން، މޭޔަރުން ހުރިހާ ރަށެއްގައި ވެސް ވަރަށް ފުރިހަމައަށް ބައިވެރިވެވަޑައިގަތްކަމަށް ވިދާޅުވެ، ރައީސް ޑރ.މުއިއްޒު ވަނީ ގައްދޫގެ ކައުންސިލުގެ ފަރާތުން ލިބުނު އެއްބާރުލުން ކުޑަކަން ފާހަގަކުރައްވާ، އެކަމާ ހިތާމަފުޅު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާ ގައި ވެސް ގައްދޫ ކައުންސިލްގެ ރައީސް ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައި އޮތް ނަމަވެސް ފަހު ވަގުތު އެ ޖަލްސާ އަށް އެ ރަށުގެ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ވެސް ހާޒިރުވެފައެއް ނުވެއެވެ.

"މިއަދާ ހަމައަށް އައިރުގަ މި ފެށި ދަތުރުތަކުގަ ވަރަށް ގިނަ ކައުންސިލުތަކަކާ ބައްދަލުވެއްޖެ. އެހެންނަމަވެސް މި ރަށުގެ ކައުންސިލުގެ އެއްބާރުލުން ތަންކޮޅެއް ކުޑަކޮށް މި ލިބުނީ. ވަރަށް ހިތާމަކުރާ ކަމެއް،"

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވަނީ އިންތިހާބު ތެރޭގައި އޮންނަ ވާދަވެރިކަން ސިޔާސީ ގޮތުން އޮތް ނަމަވެސް، އެމަނިކުފާނު ވެސް އަދި ކައުންސިލަރުން ވެސް މަގާމާއި ހަވާލުވަމީ ހަމަހަމަކަމާއިއެކީގަ އެމީހަކު ނިސްބަތްވާ ޕާޓީއަކަށް ބެލުމެއްނެތި، ވޯޓް ދިނަސް ނުދިނަސް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަން ހަނދާންކޮށްދެއްވާފައެވެ. އަދި ގައްދޫ އިން ފެނިގެން ދިޔަ މަންޒަރަކީ ލާމަރުކަޒީ އުސޫލު ހިނގަންވާގޮތް ނޫންކަމަށާއި، އެއަށްވުރެ ޒިންމާދާރު ބަޔަކަށް ވުމަށް  ރައީސް ޑރ.މުއިއްޒު ވަނީ ނަސޭހަތްތެރިވެފައެވެ.

"އެމީހަކު އެ ނިސްބަތްވާ ޕާޓީއަކަށް ބެލުމެއްނެތި، ހަމަހަމަކަމާއެކީގަ ރައްޔިތުންނަށް ހިދުމަތްކުރުމުގެ ހުވައެއްކޮށްގެން މި ހަވާލުވަނީ. އަޅުގަނޑު ވެސް އެ ހުވާ ކުރީ، ކައުންސިލަރުން ވެސް އެ ހުވާ ކުރައްވަނީ. އެހެންނަމަވެސް މި ރަށުން މި ފެންނަ މަންޒަރާއި ދޭތެރޭ ހިތާމަކުރަން. ލާމަރުކަޒީ ނިޒާމެއް ހިންގަންޖެހޭ އުސޫލެއް ނޫން. އެއަށްވުރެ އަޅުގަނޑުމެން ވާންޖެހޭނީ ޒިންމާދާރު ބަޔަކަށް،" 

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ ކައުންސިލް ތަކަކީ ރައްޔިތުންނާއި ސަރުކާރާ ދެމެދުގައި އޮންނަނީ ކައުންސިލް ކަމަށްވިދާޅުވެފައެވެ. އަދި އިންތިހާބު ތަކުގައި މި ކަހަލަ ކަންކަމުން ތަޖުރިބާ ހޯދާ، މަޖިލީހަށް ވިޔަސް، ކައުންސިލަށް ވިޔަސް، ސަރުކާރަށް ވިޔަސް ޕާޓީ އަކަށް ބެލުމެއް ނެތި ތެދުވެރި އަމާނާތްތެރި މީހުން ހޮވުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.