ފަލަސްތީނުގެ އުޚުތަކު--
ދުނިޔެ
21 Feb 2024 | 14:20
ޔަހޫދީން، ފަލަސްޠީނުގެ އުޚުތުންގެ އިއްފަތްތެރިކަން ފޭރި، ޖައްސަމުންދާ ނިކަމެތި ހާލުގެ ކުޑަ މިންވަރެއް، ޔޫއެންގެ ބަޔާނުން!

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން، ފަލަސްޠީނުގެ މުސްލިމު އުޚުތުން، ހިފައި، ހައްޔަރުކޮށް، އެ އުޚުތުންގެ އިއްފަތްތެރިކަން ފޭރިގަނެ، މުޅި ދުނިޔެއަށް އެ އުޚުތުންގެ ޢިއްޒަތް ނީލަން ކިޔަމުން، ހިންގަމުންދާ ޖަރީމާތަކުގެ ކުޑަ މިންވަރެއް، އދ ގެ ރިޕޯޓްތަކުން ކިޔައިދީފިއެވެ.

އިސްރާއީލްގެ ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލުޢާއްމަށް ފަސް މަސް ދުވަސް ވާން ގާތްވެފައި ވާއިރު، މިހާތަނަށް މިހާތަނަށް ޣައްޒާގައި ޝަހީދުވި ކަމަށް ރެކޯޑް ކުރެވުނު މީހުންގެ އަދަދު 29،195 އަށް ވުރެ ވަނީ މަތިވެފައެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށުނު އެ ގަތުލު ޢާއްމުގައި ޝަހީދުވެގެންދިޔަ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

އެތަނުން އެއްބައި އަންހެނުންނަކީ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އެތަކެއް ދިނުމަށްފަހު ޝަހީދުކޮށްލެވުނު މީހުންކަން ދާދިދަހުން ޔޫއެންގެ އޮފިސް އޮފް ދި ހައިކޮމިޝަނަރ ފޮރ ހިޔުމަށް ރައިޓްސް (އޯއެޗްސީއެޗްއާރް) އިން ނެރުނު ބަޔާނުން އެނގިގެން ދެއެވެ.

އެގޮތުން, މިދިޔަ ހޯމަ ދުވަހު އެ އިދާރާއިން ނެރުނު ބަޔާނުގައި ވާގޮތުން، ޣައްޒާގެ އަންހެނުންނާއި އަންހެން ކުދިންނާއި ދޭތެރޭ އެއްވެސް އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ބޭއްވުމެއް ނެތި، އެމީހުންގެ ޢާއިލާ އާއި އެކު، އަނިޔާވެރި ގޮތް ގޮތަށް ޝަހީދު ކޮށްލާފައިވާ ކަމުގެ ރިޕޯޓް ވަނީ ޔޫއެން އަށް ލިބިފައެވެ.

" ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިން ހިމާޔަތް ހޯދަމުންދިޔަ ތަންތަނުގައި އެމީހުން ތިއްބައި، ނުވަތަ ހިމާޔަތް ހޯދުމަށް ރައްކާތެރި ތަންތަނަށް ދަތުރުކުރަމުންދިޔަ މަގުމަތީގައި ، އިސްރާއީލުގެ ސިފައިން، ސީދާ އެ އަންހެނުންނާއި ކުދިންނަށް އަމާޒުކޮށް ހަމަލާދީ، އިންސާނިއްޔަތު ކަމެއް ނެތި މަރާލާފައިވާ ކަމުގެ ރިޕޯޓްތައް ލިބިފައި، އަހަރެމެންނަށް ހައިރާންކަން ލިބިގެންދިޔަ" ޔޫއެން އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އިސްރާއީލު ސިފައިންގެ ހައްޔަރުގައި އެތައް ސަތޭކަ އަންހެނުންނާއި އަންހެން ކުޑަކުދިން ތިބި އިރު އޭގެ ތެރޭގައި، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުންދާ އަންހެނުންނާއި، ނޫސްވެރިންނާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ އަންހެނުން ހިމެނޭ ކަމަށް ކަމަށް ޔޫއެން އިން ބުނެފައިވެއެވެ.

އެމީހުންނާއި ދޭތެރޭ އިސްރާއީލްގެ ޔަހޫދީންގެ އަމަލުތައް ހުރި ވަރަށް ވެސް ދަށު ދަރަޖައިގައި ކަމަށާ، އެގޮތުން، މައްސަރު ކަންތައް ދިމާވުމުން ބޭނުންކުރާ ސެނިޓަރީ ޕެޑް ފަދަ ތަކެތި ނުދީ، ކާން ނުދީ، ބޭސް ފަރުވާ ކުރުމަށް ފުރުސަތު ނުދޭތާ ބޭސްވެސް ފޯރުކޮށް ނުދޭ ކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ، އެމީހުން ގައިގައި ތަޅައި ޖިސްމާނީ ބޮޑެތި އަނިޔާތައްވެސް ދެމުންދާ ކަން ފާހަގަކޮށްފައިވެއެވެ. އަދި ބޯ ވާރެއާއި، ފިނީގައި ކޮށްޓެއްގެ ތެރޭގައި ކާނެ އެއްވެސް އެއްޗެއް ނުދީ ފަލަސްތީނުގެ އުޚުތަކު ބޭއްވި ކަމުގެ ރިޕޯޓްވެސް ޔޫއެން އަށް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

"ފަލަސްތީނުގެ އަންހެނުންނާއި އަންހެން ކުދިންނަށް އެކިއެކި ގޮތް ގޮތަަށް ޖިންސީ އަނިޔާ ދީފައިވޭ. އެގޮތުން، އިސްރާއީލުގެ ފިރިހެން އޮފިސަރުން، ފަލަސްތީނުގެ އަންހެނުންނާއި ކުދިންގެ ހެދުންތައް އިރައި ކުދިކުދި ކޮށް، ބަަރަހަނާކޮށް ބަލާ ފާސްކޮށްފައިވޭ. އަދި ދެ އަންހެން ގައިދީއަކު ރޭޕް ކޮށްފައިވާއިރު އެތައް ބަޔަކަށް ރޭޕްކޮށް ޖިންސީ ގޯނާ ކުރާނެ ކަމުގެ އިންޒާރުދީފައިވޭ."

ޔޫއެން

މިކަން ކަމުގެ އިތުރުން، ގައިދީންގެ ގޮތުގައި ހައްޔަރު ކޮށްފައި ތިބި، ފަލަސްތީނުގެ މުސްލިމު އަންހެނުންނާއި ކުދިންގެ ހެދުން އިރައި، އެމީހުން ބަރަނާކުރުމަށް، އެކި އެކި ދިމަދިމާއި އެމީހުންގެ ފޮޓޯތައް ނެގުމަށްފަހު މީސްމީޑިއާގެ އެކި މަންސަތަކުގައި އާއްމުކޮށް، މުސްލިމު އުޚުތުންގެ އިއްފަތް ނީލަން ކިޔާފައިވާ ކަންވެސް ޔޫއެން އިން ބުނެފައިވެއެވެ.

ޔަހޫދީންގެ ހައްޔަރުން ސަލާމަތްވި އަންހެނަކު އޭނާއާއި، އެތަނުގައި ތިބި މުސްލިމުންނާއި މެދު ކަން ހިނގަމުން ދިޔަ ގޮތް މީޑިއާއަށް ކިޔައިދީފައިވާއިރު، ޔަހޫދީ އަންހެން އޮފިސަރުން އެތަކެއް ފަހަރު މަތިން އޭނާ އާއި ގައިދީން ބަރަހަނާ ކޮށްފައިވެއެވެ. އަދި އެކަން ކޮށްފައިވަނީ ޔަހޫދީ ފިރިހެން އޮފިސަރުންގެ ކުރިމަތީގައެވެ. އެ މަންޒަރު ބަލަމުން އެ ފިރިހެނުން ހީ މަލާމާތްކޮށް ފުރައްސާރަކުރާ ކަމަށްވެސް އެ ގައިދީ ބުނެފައި ވެއެވެ.

ޔަހޫދީންގެ ހައްޔަރުގައި ތިބި އަންހެނުންނާއި އަންހެން ކުދިންގެ ސީދާ އަދަދު މިހާތަނަށްވެސް ސާފު ނުވާ ކަމަށް ޔޫއެން އިން ބުނާއިރު، ހައްޔަރަށް ގެންދިޔަ ބައެއް އަންހެނުންނާއި ކުދިން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ފަލަސްތީނުގެ އަންހެނުންނާއި އަންހެން ކުދިންގެ އިތުރުން ފިރިހެނުންނަށް ވެސް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ހެކިތަކާއި އިންޑިކޭޓަރުތައް ހުރި ކަމަށް ޔޫއެންއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެމީހުން ބަރަަހަނާކޮށް ވީޑިއޯ ކުރުމުގެ އިތުރުން، ޖިސްމާނީ އެކިއެކި އަނިޔާ ދޭ މަންޒަރު ފެންނަ ވީޑިއޯތައް ކޮށް، މީސްމީޑިއާގައި އާއްމުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ

ކޮމެންޓް
ރައްޔިތުމީހާ.
މައްސަލައެއް ނެތީމާތާ އިސްލާމީ ލަޝްކަރުތައް ނިދަން ތިބެނީ.
22 Feb 2024
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.