ކޫއްޑޫ އިހްތިޖާޖުގެ ބައިވެރިން-- ފޮޓޯ/ ވޮއިސް
ހަބަރު
21 Feb 2024 | 19:12
މުޒާހަރާކޮށް ކޫއްޑޫ މަސް ފެކްޓަރީ ހުއްޓުވުމުން، މަސް ނުކިރި މަސްވެރިންނަށް ބޮޑު ގެއްލުމެއް!

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ކޫއްޑޫގައި މަސްވެރިން ކުރަމުންގެންދާ އިހްތިޖާޖުގެ ސަބަބުން މަސްވެރިންނަށް އެތައް ހާސް ރުފިޔާގެ ގެއްލުން ލިބެމުންދާކަމަށް ބުނެފިއެވެ.

މަސްވެރިން ބާނާ މަހުގެ ފައިސާ ނުލިބޭ ކަމަށްބުނެ، މީގެ ތިން ދުވަސް ކުރިން ހުވަދުއަތޮޅު ބައެއް މަސްވެރިން ކޫއްޑޫ އަށް އަރައި އިހްތިޖާޖް ކޮށް، ކޫއްޑޫ މަސް ފެކްޓަރީގެ އޮޕަރޭޝަންވެސް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

އެ މަސްވެރިން މުޒާހަރާ ކުރަންފެށުމާއިއެކު، މަސްވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ވަނީ އެފަރާތްތަކާއި ބައްދަލު ކުރުމަށް ކޫއްޑޫއަށް ވަޑައިގެން އެ މީހުންގެ ކަންބޮޑުވުން ތައް އަޑުއައްސާވަފައެވެ. އަދި މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއްވެސް މާރިޗު މަހުގެ 5 ވަނަ ދުވަހުގެ ކުރިން ދީ ޚަލާސް ކުރައްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ކޫއްޑޫ އިހްތިޖާޖުގެ ބައިވެރިންނާއި ވަޒީރު އަހުމަދު ޝިޔާމް ބައްދަލު ކުރައްވަނީ-- ފޮޓޯ/ ވޮއިސް

އެހެން ނަމަވެސް، ކޫއްޑޫގައި ފެށުނު އެ އިހްތިޖާޖު އަދިވެސް ހުއްޓާނުލާ ކުރަމުން އަންނަ އިރު، އޭގެ ސަބަބުން، އިހްތިޖާޖު ގައި ބައިވެރިނުވެ، މަސް ބާނަންދާ މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށް އެމަސްވެރިން ވަނީ ބުނެފައެވެ.

އެގޮތުން "ވޮއިސް" އަށް މަޢުލޫމާތު ދެއްވަމުން ގދ. ދެއްވަދޫ މަސްވެރިއެއް ކަމަށްވާ އަހުމަދު ސުޢޫދު ވިދާޅުވީ، ފައިސާ ނުލިބިގެން އިހްތިޖާޖް ކުރުމުން، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފައިސާ ލިބޭނެ ތާރީޚްވެސް ވަޒީރު ހާމަކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އިތުރަށް އިހްތިޖާޖު ކޮށް، ކޫއްޑޫ އޮޕަރޭޝަން ހުއްޓުވުމުން، މަސްބާނައިގެން މަސް ކިރަން އަންނަ ދޯނިތަކަށް މަސް ނުކިރޭ ކަމަށާ، އަދި އައިސް އަޅަން އަންނަ ދޯނި ތަކަށް އައިސް ވެސް ނުލިބޭ ކަމަށެވެ.

"މުޒާހަރާގެ ސަބަބުން ރާއްޖޭގެ އެތައް ބައިވަރު މަސްވެރިންނަަށް ގެއްލުން ތަކެއް ލިބެމުން އެބަދޭ. ހުރިހާ ދޯނި ތަކަކީ ޗިލަރ ހަރުކޮށްފައި ހުރި ދޯނިތަކެއް ނޫން. ބައެއް ދޯނި ތަކަކީ އައިސް އަޅައިގެން މަހަށްދާ ދޯނިތައް. މިހާރުވެސް ވަރަށް ގިނަ މީހުންގެ މަސްތައް ހަލާކުވަމުން އެދަނީ މަސް ނުކިރުމުގެ ސަބަބުން. އެއްބަޔަކު އެ ޑިމާންޑު ކުރަނީ ލާރި ހޯދަން. އަނެއް ބަޔަކު މަސް ކިރަން. ލާރި ހޯދަން މުޒާހަރާ ކުރާ މީހުންނާ ހުރެ މަސް ކިރޭގޮތެއް ނުވޭ. ކޫއްޑޫ އެ އޮތީ ހިސާރު ކޮށްފައި. ހައްގު އޮތީ އެއްބައެއްގެ ނޫން. ހައްގު އޮވޭ އެންމެންގެ. މުޒާހަރާގެ ޖަވާބު އެ އޮތީ ދީފައި" މަސްވެރި ކަމުގެ މަސައްކަތުގައި އުޅޭތާ ގާތްގަނޑަކަށް 20 އަހަރު ވެފައިވާ ސުޢޫދު ވިދާޅުވިއެވެ.

މީގެ އިތުރުން ސުޢޫދު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އިންތިޚާބާއި ދިމާކޮށް މަހުގެ އަގު ބޮޑު ކުރުމުގެ މިފްކޯއަށާއި މަސްވެރިކަމަށް ވެސް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ. އެގޮތުން މަސްދޯނިތަކަށް ފައިސާ ނުދެވި ހުއްޓައި، އެފަދައިން އަގު ބޮޑު ކޮށްލުމުގެ ސަބަބުން، އެ އަގު ބޮޑުކުރި ފައިސާވެސް ދޭންޖެހުނީ އަދުގެ ސަރުކާރަށް ކަމަށާ، އެ ފައިސާ މި ސަރުކާރުން ދީ ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން, ފައިސާ ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައި ވާއިރު، މިހާރު އިހްތިޖާޖު ކުރަމުންދަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ބެލެވޭ ކަމަށް ސުޢޫދު ވިދާޅުވި އެވެ.

ސުޢޫދުގެ އިތުރުން، ގދ. ތިނަދޫ އަށް ނިސްބަތްވާ މަސްވެރިއެއް ކަމަށްވާ ޝަރީފްވެސް ވަނީ، އެ ދޯނިން ގާތްގަނޑަކަށް 4 ޓަނުގެ މަސް ބާނައިގެން މަސް ނުކިރިފައި އޮތް ކަމަށާ، އޭގެ ސަބަބުން ގާތްގަނޑަކަށް 80,000 އެއްހާ ރުފިޔާގެ ގެއްލުން ލިބިގެންދާނެ ކަމަށެވެ. އަދި ކޫއްޑޫ މަސް ފެކްޓަރީގެ މަސައްކަތް ހުއްޓުވައި ހިންގަމުންދަނީ ޖަރީމާއެއް ކަމަށް އޭނާ ސިފަކުރައްވާފައިވެއެވެ.

ޝަރީފްގެ އިތުރުން "ވޮއިސް" އާއި ވާހަކަ ދައްކަވަމުން ގދ. މަޑަވެލީ ކަމަނަދޯނީގެ ޝަފީގުވެސްވަނީ، ކޫއްޑޫ މަސް ފެކްޓަރީ ގެ މަސައްކަތް ހުއްޓުވުމުގެ ސަބަބުން ތެޔޮ ނުލިބިގެން މަހަށް ނުފުރައި ހުންނަންޖެހިފައިވާ ކަން ފާހަގަކޮށްފައެވެ. އަދި މުޒާހަރާ ކުރަމުންދަނީ މާ މަދު ދޯނީގެ މަސްވެރިން ކަމަށްވާއިރު، އެމީހުންގެ ސަބަބުން އެތައް އާއިލާއަކަށް އާމްދަނީ ހޯދުމުގެ މަގު ބަންދުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން، އެކަން ބަލައި ނުގަނެވޭނެ ކަމަށާ، އިހްތިޖާޖު ކުރި ނަމަވެސް، އެހެން މީހުންގެ ހައްގުތަކަށް އެރިގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.