ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ހަބަރު
21 Feb 2024 | 19:13
ސާފިންބޯޑު އުފުލުމަށް މޯލްޑިވިއަންއިން ނަގާ އަގު ކުޑަކޮށްދޭނަށް: ރައީސް

ސާފިން ކުރުމަށް ބޭނުންކުރާ ބޯޑު އުފުލުމަށް މޯލްޑިވިއަންގެ މަތިންދާބޯޓުތަކުން ނަގާ އަގު ކުޑަކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އާއްމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައީސްގެ ޖަވާބު" ސިލްސިލާ ޕްރޮގްރާމުގެ ދަށުން ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އަޙްމަދު ރަޝީދުގެ ސުވާލުގައި ބުނީ މޯލްޑިވިއަނުން މިނަގާ ސާފް ބޯޑުގެ ސާވިސް ޗާޖުގެ އަގު މިއޮތީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ކަމަށާއި ގާތްގަނޑަކަށް ބުނާނަމަ އަޕް އެންޑް ޑައުން ޓިކެޓް އަދި ސާވިސް ޗާޖާއެކީ 800 ޑޮލަރު މިހާރު މީހަކަށް ހޭދަކުރަންޖެހޭ ކަމަށެވެ.

އޭނާގެ ސުވާލުގެ ޖަވާބުގައި ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މި މައްސަލައަކީ ސާފިންގައި އުޅޭ ފަރާތްތަކަށް މިހާރު ވަރަށް ބޮޑުވެފައި އޮތް ކަމެއް ކަމަށް ޤަބޫލުކުރައްވާކަމަށާއި،  އަދި އެ ސަރަހައްދަކީ ހާއްސަކޮށް ގައްދޫއަކީ ސާފިންގެ ދާއިރާގައި ކުރިއަރަމުން އަންނަ ރަށެއްކަމަށް ފާހަގަކުރެވޭ ކަމަށެވެ.  

"އިރާދަކުރެއްވިއްޔާ ތި ވިދާޅުވި ކަންތަކުގައި އަޅުގަނޑު މަސައްކަތް ކޮށްދޭނަން. ތި ވިދާޅުވާ އަގު މޯލްޑިވިއަނުން ސާފް ބޯޑު ގެނައުމަށް ނަގާ ޗާޖު ވަރަށް ބޮޑު އެހެންނޫންތޯ. އެހެންވީމާ އަޅުގަނޑު އެކަމާ ވާހަކަ ދައްކައިގެން އިރާދަކުރެއްވިއްޔާ އެކަމަށް ރަނގަޅު ހައްލެއް ގެނެސްދޭނަން. އަގު ކުޑަކޮށްދޭނަން ވީހާވެސް ބޮޑަކަށް." 

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގެންދަވަނީ މި ޕްރޮގްރާމް މެދުވެރިކުރައްވާ ކޮންމެވެސް ބޭފުޅެއް ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.