ފައިސާ ނުލިބިގެން މަސްވެރިން ކުރި އިހްތިޖާޖުގެ ތެރެއިން -- ފޮޓޯ/ ވޮއިސް
ހަބަރު
21 Feb 2024 | 21:27
މުޒާހަރާ ހުއްޓާލައި ކޫއްޑޫ އޮޕަރޭޝަނަށް އައިއްސި!

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން، ކޫއްޑޫގައި މަސްވެރިން ކުރަމުންދިޔަ އިހްތިޖާޖު ހުއްޓާލައިފި އެވެ.

މިރޭގެ ވަގުތެއްގައި ކޫއްޑޫގައި މަސްވެރިން ކުރަމުންދިޔަ އިހްތިޖާޖު ހުއްޓާލުމާއެކު ކޫއްޑޫ މިހާރު ވަނީ އަލުން އަނބުރާ އޮޕަރޭޝަނަށް އައިސްފައެވެ.

ފައިސާ ނުލިބިގެން މިމަހު 18 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކުރަމުންދިޔަ އިހްތިޖާޖުގެ ސަބަބުން ކޫއްޑޫ އޮޕަރޭޝަން އެއްކޮށް ހުއްޓުމަކަށް އައިސް މަސް ނުކިރި، އައިސް ނުލިބި ތެޔޮ ވެސް ނުލިބި މަސްވެރިންނަށް ބޮޑު ގެއްލުންތަކެއް ވަމުންދާ ކަމަށްބުނެ، ގިނަ މަސްވެރިންތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ގިނަ މަސްދޯނި ތަކަކަށް މަސް ނުކިރި، އެދޯނިތަކުން ބާނާފައިވާ މަސްތައް އުކާލަން ޖެހިދާނެ ކަމަށް މަސްވެރިން ބުނެފައިވާއިރު، އައިސް އަދި ތެޔޮ ނުލިބުމުގެ ސަބަބުން މަހަށް ނުފުރިފައިވެސް ދޯނިތައް ހުރި ކަމަށް ވޮއިސް އަށް މައުލޫމާތު ދިން މަސްވެރިން ބުނެފައިވެއެވެ.

އެހެންކަމުން، އެކަމުގެ ކަންބޮޑުވުން ގިނަ މަސްވެރިން ތަކެއް ފާޅުކުރަމުންދަނިކޮށް މުޒާހަރާ ހުއްޓާލާފައި މިވަނީ މަސްވެރިންނަށް ދޭންހުރި ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ދިނުމުގެ މަސައްކަތް މިފްކޯއިން ފަށާފައިވަނިކޮށްކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން މި ދެދުވަހުގެ ތެރޭގައި 70 މިލިއަން ރުފިޔާ ދޫކުރަން ހަމަޖެހިފައިވާއިރު 30 މިލިއަން އަންނަ ހަފްތާގައި ދޫކުރަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. 

މީގެ އިތުރުން، މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް އިއްޔެ މަޖިލީހުގައި ވިދާޅުވި ގޮތުގައި މަސްވެރިންނަށް ދޭން ހުރި ހުރިހާ ފައިސާއެއް މާރިޗު 5 ގެ ކުރިން ސަރުކާރުންދީ ޚަލާސް ކުރާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.