އަބްދުﷲ ޝާހިދު-- ފޮޓޯ: އެމްޑީޕީ
ހަބަރު
22 Feb 2024 | 13:38
ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ ފާލުން ނެއްޓިފައިވާތަން؛ އެދަނީ ފަރަށް އަރަން: ޝާހިދު

ރާއްޖޭގެ ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ މިސްރާބު އޮޅި ފާލުން ނެއްޓިފައިވާތަން ކަަމަށް އިދިކޮޅު އެމްޑީޕީ ގެ އަލަށް އިންތިހާބު ވެވަޑައިގެން ރައީސް އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ތިމަރަފުށީ ދާއިރާގެ ކެންޑިޑޭޓްގެ މާލެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ރާއްޖެ ވަނީ ފާލުން ނެއްޓި ކައްސާލާފައި ކަމަށާއި، މިހާރު ދަނީ ހަމަ ސީދާ ފަރަށް އަރަން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީން ކުރިއަށް އޮތް 20 މަޖިލިސް ބޮޑުކޮށް ނަގައިގެން އުތުރާއި ދެކުނާއި، އަނެއްކާވެސް މެދުރާއްޖެ ތެރޭގެ އިތުރުން މާލެގައި ފެތުރިގަންނާނެ ކަމަށެވެ.

"ރާއްޖޭގެ ބަލާލި ކޮންމެ ދިމާލަކުން ފެންނަން މިއޮތީ މިސްރާބު މިއޮތީ އޮޅިފައިކަން. ފާލުން ނެއްޓިފައިކަން ކައްސާލާފައިކަން. މިހާރު މިދަނީ ސީދާ ފަރަށް އަރަން. އަޅުގަނޑުމެންގެ ވަރުގަދަ މި ރީނދޫ ލަޝްކަރު އުތުރާއި ދެކުނާއި، އަނެއްކާވެސް މެދުރާއްޖެ ތެރޭގައި މާލޭގައި އަނެއްކާވެސް މިފެތުރިގަންނަނީ."

ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޝާހިދު ވަނީ އާ ޖޯޝަކާއި އެކު މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ހޯދުމަށް ނުކުންނަ އިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް ގެ ގޮތުގައި ހުންނެވި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ޕާޓީ އަށާއި ގައުމަށް ކޮށްދެއްވި އަގު ނުކުރެވޭ، ތެދުވެރި، އިޚްލާސްތެރި މަސައްކަތް ހަނދާނަށް ގެންނަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

"ޅުގަނޑުމެންގެ ޕާޓީ އައު ޖޯޝަކާއި އައު ބާރެއްގައި މަޖިލިސް 20 ބޮޑުކޮށް ނަގަން. ބޮޑުކޮށް މަޖިލިސް 20 ނަގައި ރާއްޖެ މިހާރު ހިފާފައިވާ މިސްރާބު ހަމަ މަގަށް އެޅުވުމަށް މިކަމަށް އަޅުގަނޑުމެން ނުކުތް އިރުގައި އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހޭ އަޅުގަނޑުމެންގެ ރައީސް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާގެންނާއި، ޕާޓީގެ އިސްލީޑެއްގެ މަގާމުގައި ހުންނަވާގެންނާއި، އަދި ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ހުންނަވާގެން ދިވެހިރާއްޖެއަށްށާއި، މިޕާޓީއަށް ކޮށްދެއްވާ އަގު ނުކުރެވޭ ފަދަ ތެދުވެރި އިހްލާސްތެރި މަސައްކަތްޕުޅުތައް މަތިން."

ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ރޭގައި ދެއްކެވި ވާހަކަފުޅުގައި ތިމަރަފުށީގެ އެދާއިރާގެ މިސްރާބު އޮޅުވާލާފައިވާ ކަމަށާއި އަމިއްލަ ޕާޓީގެ ކެންޑިޑޭޓަކު ހުއްޓައި އެކަހެރިކޮށްލުމަށްފަހު ސަރުކާރުގެ ކެންޑިޑޭޓަކު ނެރެފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، މިސަރުކާރު އަދިވެސް މަސައްކަތް ކުރަނީ ދޮގު ހަދައި އޮޅުވަލައިގެން ކަންކަން ކުރުމަށް ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މަސްވެރިކަން އޮތް ހާލަތަށް އަލި އަޅުވާލާ ޝާހިދު ވިދާޅުވީ ކުރީ ސަރުކާރުން ކޮވިޑް-19ގެ އެންމެ ދަތި ހާލަތުގައި މަސްވެރިންނަށް ފައިސާ ދިން އިރު، އެވަރުވެސް މިސަރުކާރަށް ނުވާ ކަމަށެވެ. އަދި ކުރީ ސަރުކާރުގައި މަސް ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ބޮޑު ކުރީ ވަރަށް ގިނަ ދިރާސާތައް ހެދުމަށްފަހު އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށާއި މިސަރުކާރަށް އުޅެނީ އެކަން ކުރާނެ ގޮތް ވެސް ނޭނގިގެން ކަމަށް ވިދާޅުވެ ޝާހިދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ކޮމެންޓް
ސ.
ރާއްޖެއަށް މިދަންތުރަ ޖެއްސީ އެމް.ޑީ.ޕީ ސަރުކާރުން.
22 Feb 2024
ޢައިޝް
ﷲގެ ހެޔޮރަހުމަތުން މިރާއްޖެ މޑޕއިން ޖެއްސި އިކޮނެމިކް ދަންތުރައިން ސަލާމަތްވުމުގެ ހުރިހާ މަގުތަކެއް ޑރ.މުޢިއްޒުހައްލުކުރައްވާނެ ކަމުގެ އެއްވެސް ޝައްކެތް ނުކުރަން
22 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.