މިއަދު ސޮއިކުރެވުނު އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހަބަރު
22 Feb 2024 | 21:44
އެމް.ކިއު.އޭ ޤަބޫލުކުރާ ފެންވަރަށް ދަނޑުވެރިކަމާ ބެހޭ ކޯސްތައް ހިންގަން ފަށަނީ

އެމް.ކިއު.އޭ ޤަބޫލުކުރާ ފެންވަރަށް ދަނޑުވެރިކަމާއި ބެހޭ ކޯސްތައް ހިންގަން މަގުފަހިވާ ގޮތަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑު އެނިމަލް ވެލްފެއަރ އާއި އިސްލާމިކް ޔުނިވަރސިޓީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެމް.އޯ.ޔޫގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.އާއިޝަތު ރަމީލާ އެވެ.  އަދި އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރުއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މި އެމް.އޯ.ޔޫގެ މަޤްސަދަކީ އެ މިނިސްޓަރީ އާއި ގުޅޭ ޤަވާއިދުތަކާއި އުޞޫލުތަކާއި މިންގަނޑުތައް އެކުލަވާލުމުގައި ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލުމާއި، ދަނޑުވެރިކަމުގެ ދާއިރާގެ މަސައްކަތްކުރުމަށް ފަހި މާޙައުލެއް ޤާއިމުކުރުމަށްޓަކައި ދިރާސާކުރުމުގެ ސަގާފަތެއް ޤާއިމުކޮށް ކުރިއެރުވުމެވެ.

އޭގެ އިތުރުން މިފަދަ ދިރާސާތައް ކުރުމުގައި ދެ މުޢައްސަސާގެ ތަޖުރިބާ އާއި ފަންނުވެރިކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ޤާއިމުކުރެވިފައިވާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ހިފުމަށް މަގުފަހި ކުރުމާއި ދެމުއައްސަސާގެ މުވައްޒަފުންނަށާއި އާންމުންނަށް ބޭނުންވާ ތަމްރީންތައްދިނުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި އެމްއޯޔޫގެ މަޤްޞަދުގެ ތެރޭގައި ހިމެނޭކަމަށް މިނިސްޓްރީން ހާމަކުރައްވައެވެ.

މިއަދުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަކަށް އަމަލުކުރާ ގޮތަށް މިއަދު ސޮއި މިކުރެވުނު އެމްއޯޔޫގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި، ދަނޑުވެރިކަމުގެ ކޯސްތައް އެމް.ކިއު.އޭ ޤަބޫލުކުރާ ފެންވަރަށް ދެ އިދާރާގުޅިގެން ފަރުމާކޮށް ހިންގަން ފެށުމާއި، ދެ އިދާރާއިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކުގައި ދެ އިދާރާގެ ފަންނީ މުވައްޒަފުންގެ އެހީތެރިކަން ދެފަރާތުން އެއްވަރަކަށް ޙިއްޞާކުރުމާއި، ދަނޑުވެރިކަން ވިޔަފާރީގެ (އެގްރި-ބިޒްނަސް) ގޮތުގައި ކިޔަވައިދޭނެ މަގުތައް ފަހިކުރުމާއި، ދަނޑުވެރިކަމާއި ގުޅުން ހުރި އެކިއެކި ދާއިރާތަކުން ދިރާސާ ހެދުން ހިމެނޭކަމަށް މިންސްޓްރީންމަޢުލޫމާތުދެއްވައެވެ.

އޭގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހޯދާފައިވާ އެކިއެކި ހޯދުންތައް އިލްމީ ގޮތުން ދިރާސާކޮށް، މިނިސްޓްރީއަށް ބޭނުންވާ ޢިލްމީ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އަރަބި އިސްލާމީ ޤައުމުތަކާއި ރާއްޖެއާއި އެއްގޮތް މާހައުލުތައް ލިބިފައިވާ ކުދި ޖަޒީރާ ޤައުމުތަކުގައި ދަނޑުވެރިކަން ކުރާ ގޮތާއި، ދަނޑުގޮވާމުން ލިބޭ ތަކެތި ދެނެގަނެ، ރާއްޖޭގައި އެކަން ކުރެވިދާނެ ގޮތްތައް ދެނެގަތުމާއި އަދި ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް ޤައުމީ ފެންވަރުގައި އެކުލަވާލައި ޕްލޭންތައް އެކުލަވާލުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ވެސް މި އެމްއޯޔޫގެ ދަށުން ކުރަން ރާވާފައިވަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި ދެމެދު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ އިރު ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ދަނޑުވެރިކަން މިހާރަށްވުރެ ފުޅާކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވަނީ ރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުވިދާނެ ގޮތްތަކާއި ބެހޭގޮތުން އެ ޤައުމުގެ ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ