ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
22 Feb 2024 | 22:11
ރިޓަޔާވާ ފަރާތްތަކަށް އެލަވަންސް އެއް ތައާރަފް ކުރުމުގެ ގާނޫނީ މަސައްކަތް ދަނީ ކުރަމުން: ރައީސް ޑރ.މުއިއްޒު

ސިވިލް ސަރވަންޓުންގެ ތެރެއިން 55 އަހަރުވުމުން ވަޒީފާއިން ރިޓަޔަރވާ ފަރާތްތަކަށް އެލަވަންސް އެއް ތައާރަފް ކުރުމުގެ ގާނޫނީ މަސައްކަތް ދަނީ ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދާ ރައީސްގެ ޖަވާބު ޕްރޮގްރާމުގައި އުމުރުން 55 އަހަރު ވެގެން ރިޓަޔަރވާ ސިވިލްސާވިސް މުވައްޒަފުންނަށް އެލަވަންސެއް ލިބެމުންދާނެ ގޮތެއް ނޯންނާތީ އެކަމާ ގުޅޭގޮތުން ގއ.ގެމަނަފުށީ ސްކޫލް ޓީޗަރެއްކަމުގައިވާ، އެރަށު، މުޝްތަރީގޭ، މުޙައްމަދު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

ރައީސް ޑރ.މުއިއްޒު ވިދާޅުވީ 55 އަހަރާ 65 އަހަރާ ދޭތެރޭ ރިޓަޔަރމަންޓަށްދާ ފަރާތްތަކަށް އެލަވަންސެއް ތަޢާރަފްކުރެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. މިގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިކަމާއި ގުޅޭ އިދާރީ މަސައްކަތް ރައީސް އޮފީހުގެ ލީގަލް ޓީމާއި އެޓަރނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ފައްޓާފައިވާ ކަމަށެވެ. 

""ތިވިދާޅުވި ކަންތަކަށް ހައްލެއް ގެނެސްދޭނަން އިރާދަކުރެއްވިއްޔާ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލިސް ތެރެއިން ގެންނަންޖެހޭ އިސްލާޙްތަކެއް ހުންނާނެ ކަމަށް ލީގަލީ މަޢުލޫމާތު ލިބިފައި އޮތީ. އެހެންވީމަ އެމަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ. އެކަމަށް ހައްލެއް ގެނެސްދޭނަން ވަޢުދުވިގޮތަށް. އަދި ވިދާޅުވި ކަމަށް ރަނގަޅު ހައްލެއް ގެނެސްދޭނަން" "

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެލަވަންސް ދިނުމަށް ޤާނޫނުގެ ތެރެއިން މަގުފަހިކުރަންޖެހޭ ކަން ފާހަގަކުރައްވާ ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިހާރު ކުރެވެމުންދަނީ މަޖިލީހަށް ފޮނުވަންޖެހޭ އިސްލާހްތައް ހުރުމުން އެކަމަށް ބޭނުންވާ އިދާރީ އަދި ޤާނޫނީ މަސައްކަތްތައް ކަމަށެވެ.

މީގެ ކުރިން ރައީސް ޑރ.މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވަމުން ވަނީ ޢުމުރުން 65 އަހަރުވީ ނަމަވެސް ޚިދުމަތުގައި ދެމިތިއްބަވަން ބޭނުންފުޅު ކޮންމެ ބޭފުޅަކަށްވެސް އެގްރީމެންޓް އުޞޫލުން ވަޒީފާ ހަމަޖައްސައިދީ، ޢުމުރުން 75 އަހަރާ ހަމަޔަށް ޚިދުމަތުގައި ކުރިއަށް ވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.