އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ އަޑުއަހަނީ-- ފޮޓޯ/ މިނިސްޓްރީ
ދީން
23 Feb 2024 | 13:07
"އިންސީންނާއި ޖިންނީން ހައްދަވާފައިވަނީ الله އެއްކައުވަންތަކޮށް ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށް"

މާތް الله އިންސީންނާއި ޖިންނީން ހައްދަވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށް ކަމަށް މިއަދުގެ ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ނަބަވީ ސުންނަތާއި ތައުޙީދުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ޚުތުބާގައި ބުނީ، މާތް الله އެއްކައުވަންތަ ކުރުމަކީ އެންމެ މަތިވެރި އަދި އެންމެ މާތް އަޞްލު ކަމަށެވެ. އަދި އެކަލާނގެ ރަސޫލުން ފޮނުއްވައި ފޮތްތައް ބާވައިލެއްވީ އެކަން ޙާޞިލްކޮށް ދެއްވުމަށް ކަމަށެވެ. 

ހަމައެފަދައިން ތައުޙީދުގެ ސަބަބުން އަމަން އަމާންކަމާއި ހިދާޔަތު ލިބި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިދާ ކަމަށާ، ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ތައުޙީދަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.

އެންމެ ފުރިހަމަ ގޮތުގައި ތައުޙީދުގެ ހުރިހާ ބައިތަކެއް ޙިމާޔަތް ކުރެއްވިއެވެ. އެކަލޭގެފާނުގެ ދަޢުވަތުގެ ފުރަތަމަ ޝިޢާރަކީ މާތް الله އެއްކައުވަންތަ ކުރުމެވެ. އެއީ އެކަލޭގެފާނުގެ ކުރިން ފޮނުއްވުނު ނަބީބޭކަލުން ޢަމަލު ކުރެއްވި ފަދައިންނެވެ.

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، މާތް الله އިންސީންނާއި ޖިންނީން ހައްދަވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށް ކަމަށާ، ޚަލްޤު ކުރައްވައި މުޅި ކައުނުގައި ލައްވާފައިވާ ތަކެތި އެކަލާނގެ އެއްކައުވަންތަކަމަށް ހެކިދޭ ކަމަށެވެ. 

ޚުތުބާގައި އިތުރަށް ބުނީ، ނަބަވީ ސުންނަތުގައި އަޅުތަކުން މާތް الله سُبْحَانَهُ وَتَعَالَى  އަށް އަދާކުރަންޖެހޭ ޙައްޤާއި އަޅުތަކުންނަށް އެކަލާނގެ ދެއްވާނެ ޙައްޤު ވަނީ ބަޔާން ކުރައްވާފައިވާ ކަމަށެވެ.

مُعَاذُ بْن جَبَلُ رَضِيَ الله عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ:"އޭ މުޢާޒެވެ. ކަލޭގެފާނަށް އަޅުތަކުންގެ މައްޗަށްވާ އެކަލާނގެ ޙައްޤުތަކާއި، އެކަލާނގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤުތައް އެނގިވަޑައިގަންނަވާތޯއެވެ؟" ތިމަން ދެންނެވީމެވެ. ތިކަން މޮޅަށް ދެނެވޮޑިގެންވަނީ މާތް الله އެވެ. އަދި އެކަލާނގެ ރަސޫލާއެވެ! ޙަދީޘް ކުރެއްވިއެވެ. "އަޅުތަކުންގެ މައްޗަށްވާ އެކަލާނގެ ޙައްޤަކީ، ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމާއި، އެއްވެސް އެއްޗަކާ އެކަލާނގެއާއި ޝަރީކު ނުކުރުމެވެ. އަދި އެކަލާނގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާ މީހަކަށް ޢަޒާބު ނުދެއްވުމެވެ." ތިމަން ދެންނެވީމެވެ. އޭ މާތް الله ގެ ރަސޫލާއެވެ. ތިވާހަކައިން މީސްތަކުންނަށް އުފާވެރިކަމުގެ ޚަބަރު ތިމަން ދެއްވަންތޯއެވެ! ޙަދީޘް ކުރެއްވިއެވެ. "ނޫނެކެވެ. އެޚަބަރު ނުދެއްވާށެވެ! އޭރުން އެމީހުން އެކަމުގެމައްޗަށް ބަރޯސާ ކޮށްފާނެތެވެ." 

ޚުތުބާ

އެންމެ މަތިވެރި ކަލިމައަކީ "لَا إِلَـٰهَ إِلَّا اللهُ" ކަމަށާ ދީނާއި މިއްލަތުގެ އަޞްލަކީ އެއީ ކަން ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި ރަސޫލު ބޭކަލުން، އެބޭކަލުންގެ ޤައުމުތަކަށް ރިސާލަތު ފެއްޓެވީ އެ މަތިވެރި ކަލިމައިން ކަމަށްވެސް ބުނެފައިވެއެވެ. 

މުސްލިމް އަޚުންނޭވެ! عَبْدُ اللهِ بْنُ عُمَر رَضِيَ الله عَنْهُمَا ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (بُنِيَ الْإِسْلَامُ عَلَى خَـمْسَةٍ: عَلَى أَنْ يُوَحَّدَ اللهُ، وَإِقَامِ الصَّلَاةِ، وَإِيْتَاءِ الزَّكَاةِ، وَصِيَامِ رَمَضَانَ، وَالْـحَجِّ.) މާނައީ: "އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ، މާތް اللهُ އެއްކައުވަންތަކުރުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި، ޙައްޖުވުމުވެ."

ޚުތުބާ

ޚުތުބާގައި ބުނީ، މާތް الله އިންސާނުން ހައްދަވާފައިވަނީ އެކަލާނގެއަށް އަޅުކަންކުރުމަށްވާއިރު، އެ އަޅުކަން އަޅުކަމެއްގެ ގޮތުގައި ބެލެވޭނީ ނުވަތަ އަޅުކަމަކަށްވާނީ ތައުޙީދާ އެކުގައި ކަމަށެވެ. އަދި އަޅުކަމުގެ ތެރެއަށް ޝިރުކު ވަދެއްޖެނަމަ، އެއަޅުކަމެއް ފާސިދު ވާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ