ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ/ ތޭރަ އޮންލައިން
ހަބަރު
23 Feb 2024 | 16:28
ރާއްޖެ މިއޮތް ހާލަތަށް ވައްޓާލީ ރައީސް މުޢިއްޒެއް ނޫން: ރައީސް ޔާމީން

ރާއްޖެ މިހާރު އޮތް ހާލަތަށް ވައްޓާލީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ނޫން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނުގެ ތާއީދާއެކު ނުކުންނަވާ ކެންޑިޑޭޓުން ތައާރަފުކުރުމަށް ދަ ފްރޮންޓު އޮފީހުގައި ބާއްވަމުން ގެންދަވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކަށް އަމާޒު ކުރެއްވި ސުވާލެއްގެ ތެރެއިން ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު މައި ޕާޓީ، އެމްޑީޕީ ސަރުކާރުން ނޫން އެހެން އެއްވެސް ސަރުކާރަކުން ހުށަހަޅާ ބަޖެޓަކަށް އެމްޑީޕީން މިހާތަނަށް ތާއީދު ކޮށްފައި ނުވާ ކަމަށެވެ.

އަދި ރާއްޖެ މިއަދު މިއޮތް ހަލަތުގައި މިއޮތީކީއެއް ކޮންމެހެން ޑރ. މުއިއްޒު އެ ހާލަތަށް ގައުމު ވައްޓާލައިގެނެއް ނޫން. އޭގެވެސް ހަގީގަތް އނެގޭނެ. ފަސް އަހަރެއްގެ ވެރިކަން ނިމިގެން ދިޔައިރު ރާއްޖެ މިހާލަތަށް ގެނެސްފައި މިއޮތީ އެމްޑީޕީ ވެރިކަމުގައި ތިބެގެން. އެކަމަކު މިއަދު އެ ބޭފުޅުން އެބަ ވިދާޅުވޭ ދައުލަތް ހިންގަން ނޭނގެއޭ ފައިސާ މެނޭޖުކުރާކަށް ވެސް ނޭނގެއޭ، ދަރަނި ފިލުވަން ނޭނގެއޭ. އެކަމަކު ދަރަނި އުފެއްދީ ކޮންބައެއް ކަމެއް ގަބޫލުކުރާކަށް ބޭނުމެއް ނުވޭ އެމީހުން. ދައުލަތުގެ މުވައްސަސާތައް މިނިވަން ނޫން ކަމަށް ވިދާޅުވޭ، ދައުލަތުގެ މުވައްސަސާތައް މިނިވަން ނުކޮށް މުށު ތެރޭގައި ގެންގުޅުނީ ކޮން ބައެއްކަންވެސް އެބަ އެނގޭ. ނިމިދިޔަ ފަސް އަހަރު އެމްޑީޕީއިން ނިންމާލީ ގައުމީ ސަލާމަތަށް ނުރައްކަލުގެ ރަނގަބީލު ޖަހަމުން ކަންކަން ސިއްރުކުރަމުން.

ރައީސް ޔާމީން 

ޔާމީން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސިޔާދަތީ ބާރު ރާއްޖޭގައި ނުހިނގައިގެން  އުޅެނީ ކީއްވެގެންކަންވެސް އެނގޭ ކަމަށާއި، އޭގެ ޒިންމާ އުފުލަން ޖެހޭނީ އެމްޑީޕީ މީހުން ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގައި އޮތް ބޮޑު މަސްކަނޑު ވިއްކާލީވެސް އެމްޑީޕީ ވެރިކަމުގައި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ މަޖިލީހެއްގައި "މުޅި ރާއްޖެ ހަލާކު ކޮށްލައި، މުޅި ރާއްޖޭގެ ހައިބަތު ގެއްލޭ ފަދަ ކަންތައްތައް ކޮށްފައި ތިބި" އެމްޑީޕީ ފަދަ ބަޔަކަށް މަޖިލިސް އިންތިހާބުގައި އެންމެ ވޯޓެއްވެސް ދޭން ނުޖެހޭނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.