ހޮއިލަންޑަށް އަނިޔާވެ ދަނޑުމަތީގައި ފަރުވާ ދެނީ
ކުޅިވަރު
23 Feb 2024 | 23:37
ހޮއިލަންޑަށް އަނިޔާވެ ސިޓީއާއި ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައި ނުކުޅެވޭނެ

މެންޗެސްޓާ ޔުނައިޓެޑްގެ ޑެންމާކް ފޯވަޑް ރަމްސުސް ހޮއިލަންޑަށް އަނިޔާވެ، ތިން ހަފުތާގެ މުއްދަތަށް ކުޅުމާއި ދުރަށް ދާންޖެހިއްޖެ އެވެ.

އިިޓަލީގެ އެޓްލާންޓާ އިން 72 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި މިސީޒަނުގައި ޔުނައިޓެޑާއި ގުޅުނު އުމުރުން 21 އަހަރުގެ ފޯވާޑް ވަނީ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަ މެޗުގައި އެޓީމަށް 7 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިދިޔަ ހަފްތާގެ އާދީއްތަދުވަހު ލޫޓަން އާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު އޭނާ ވެގެންގޮސްފައިވަނީ ޕްރެމިއާ ލީގުގައި ޖެހިޖެހިގެން ހަ މެޗުގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިއާއަށެވެ. ޕްރެމިއާ ލީގުގައި މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ކުޅުންތެރިއާ ވެސް ހޮއިލަންޑ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހޮއިލަންޑްގެ ފަލަމަސްގަނޑަށް އަނިޔާވެފަވާއިރު، ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗާއި އެފްއޭކަޕުގައި މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް މާޗު މަހުގެ ތިންވަނަ ދުވަހު ސިޓީ ދަނޑުގައި ކުޅޭ މެޗުގައި ވެސް އޭނާ އަށް ނުކުޅެވޭނެ އެވެ.

ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު 25 މެޗުން ލިބުނު 44 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަ ވަނައިގައެވެ. އަދި މިއީ އެއްވަނައިގައި އޮތް ލިވަޕޫލަށްވުރެ 16 ޕޮއިންޓް މަދު އަދަދެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.