އިގްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު-- ފޮޓޯ: އެސްޑީއެފްސީ
ހަބަރު
24 Feb 2024 | 08:50
އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށް ލޯން ސްކީމެއް ތައާރަފުކޮށްފި

އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯން ސްކީމެއް ތައާރަފުކޮށްފިއެވެ.

އެސްޑީއެފްސީ އާއި އިގްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދާ މިލޯނު ސްކީމް ގެ ތެރެއިން "ފަށާ މަދަދު ލޯން" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ މަހުގެ 3 ގައެވެ. "ފަށާ މަދަދު ލީސިން" އަށް ވެސް އަންނަ މަހު ތެރޭގައި ހުޅުވާލާއިރު، ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

އެސްޑީއެފްސީ އިން ބުނީ "ފަށާ މަދަދު" ކުރިމަތިލެވޭނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން  އެހެން ބޭންކްތަކުން ލޯނު ހޯދުމަށް ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކަށް ކަމަށެވެ. އެފަރާތްތަކަށް ފަށާ މަދަދުގެ ދަށުން އެއް ލައްކަ ރުފިޔާ އާއި ފަސް ލައްކަ ރުފިޔާއާ ދެެމެދުގެ އަދަދަކަށް ލޯނު ދޫކުރާއިރު، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަކީ 7 އަހަރެވެ. އަދި އިންޓަރެސްޓުގެ ގޮތުގައި ހަ ޕަސަންޓު މި ލޯނުގެ ދަށުން ނަގާނެއެވެ.

އަންހެން ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތެއްގައި ލީސިން ފައިނޭންސް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް ތައާރަފު ކޮށްފައިވާ ފަށާ މަދަދު ލީސިންގ ލޯނުގެ ދަށުން 10،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރާނެއެވެ. ގްރޭސް މުއްދަތުގެ ގޮތުގައި ހަ މަސް ލިބޭއިރު، ލޯނު ދައްކަން ލިބޭނީ ފަސް އަހަރު ދުވަހެވެ. އިންޓަރެސްޓުގެ ގޮތުގައި އަށް ޕަސަންޓު މި ލޯނުގެ ދަށުން ނަގާނެއެވެ. މި ލޯނަށް ޝަރުތު ހަމަވާނީ މެދުނުކެނޑި ހަ މަސްދުވަހު ވިޔަފާރި ހިންގާފައިވާ މީހުންނަށެވެ. މިއީ ވިޔަފާރި އަށް ހަރުމުދާ ގަތުމަށް ބޭނުންކުރާ ލޯނެކެވެ.

އަންހެނުންނަށް ހާއްސަކޮށް ހުޅުވާ ފައިނޭންސިން ފެސިލިޓީއަކީ ސަރުކާރުގެ ހަފްތާ 14ގެ ތެރޭގައި ހިމެނޭ ވައުދެއް ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.