ރައީސް ޑރ.މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Feb 2024 | 09:37
ފްލެޓް ލިބުނުކަމަށް ކަނޑައަޅާފައިވާ އެއްވެސް މީހެއްގެ ހައްޤެއް ގެއްލުނަކަ ނުދޭނަން: ރައީސް ޑރ.މުއިއްޒު

ފްލެޓް ލިބުނުކަމަށް ކަނޑައަޅާފައިވާ އެއްވެސް މީހެއްގެ ހައްޤެއް ގެއްލިގެން ދިޔަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ސަލްޓަން ޕާކުގައި ކުރިއަށް ދިޔަ "އަހާ" ފޯރަމް ގެ ދެވަނަ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން، ރައްޔިތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ  މިނިވަންކަމާއި ސިޔާދަތާއި ގުޅުންހުރި ކަންކަން ނެގުމަށްފަހު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމަކީ ގެދޮރުވެރިކަންކަމަށެވެ. މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު، ގެދޮރުވެރިކަން ބޭނުންވެ, ނުލިބޭ އެއްވެސް މީހަކު ނުހުންނާނެކަމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

މިގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓް މިނިސްޓްރީން އެކަނި ބެލުމުގެ ބަދަލުގައި މިހާރު ކަނޑައަޅާފައި އޮތީ މުޖްތަމައުގެ ތެރޭގައި މީހުން ބަލައިގަންނަ އިތުބާރުކުރާ ބޭފުޅުން ހިމެނޭ ކޮމެޓީއަކުން ލިސްޓް ބަލާ ފާސްކުރުމަށްކަމަށެވެ. މީގެ ބޭނުމަކީ ސަރުކާރުން އެކަނި ކުރާކަމަކަށް މިހެން ނުހެދުންކަމަށް ވިދާޅުވެ ރައީސް ޑރ.މުއިއްޒު ވަނީ އޭސީސީގެ ލިސްޓު ކޮމެޓީން ބަލައި މުރާޖާކުރާނެކަމަށް ވިދާޅުވެފައެވެ. އޭގެފަހުން ގޯސްކޮށް މީހަކަށް ފްލެޓް ދީފައި އޮތްކަން އެނގިގެންދާނެކަމަށާއި ކޮމެޓީން ބަލާއިރު ފްލެޓް ލިބިފައި އޮތް މީހަކު ޝަރުތުހަމަނުވެ ފްލެޓް ނުލިބޭ މީހެއް ކަމަށް ކަނޑައެޅުނަސް އެމީހެއްގެ ހައްޤު ގެއްލުނަ ނުދޭނެކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެމީހާގެ ހައްޤު އެއްކޮށް ގެއްލުނަކަ ނުދޭނަން. އަދި އަޅުގަނޑުމެން ބައިވަރު ހައުސިން މަޝްރޫއުތައްވެސް ހިންގަން އެބަހުރި މިއަހަރު ތެރޭގައިވެސް ފަށަން. އެއްވެސް މީހަކު ގެދޮރުވެރިކަން ނެތިގެންދާނެގޮތެއް ނުވާނެ."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ކުރިން އޮތް ސަރުކާރުން ދޭން ނިންމާފައި ހުރި ބައެއް ފްލެޓްތައް ދެން އަންނަ ސަރުކާރަކުން ނުދޭން ނިންމާފައި ހުރި ނަމަވެސް މި ސަރުކާރުން ހިންގާ އެންމެ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫއެއްގެ ތެރެއިން އެފަރާތްތަކަށް ފްލެޓް ލިބޭނެކަމުގެ ޔަގީންކަން ވެސް ރައީސް ޑރ.މުއިއްޒުގެ ވާހަކަފުޅުގައި ވަނީ އަރުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.