ރައީސް ޑރ.މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Feb 2024 | 10:45
ޓީޗަރުންގެ ރިޓަޔާމެންޓް އަދި ޕެންޝަން ފައިސާގެ ކަންބޮޑުވުން މި އަހަރު ހައްލުވާނެ: ރައީސް ޑރ.މުއިއްޒު

ޓީޗަރުންގެ ރިޓަޔާމެންޓް އަދި ޕެންޝަން ފައިސާގެ ކަންބޮޑުވުން މި އަހަރު ހައްލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ ރޭ ސަލްޓަން ޕާކުގައި ކުރިއަށްދިޔަ "އަހާ" ފޯރަމް ގެ ދެވަނަ ޕްރޮގްރާމްގައި، މަހުން މަހަށް ލިބޭ ޕެންޝަނާ އެކު ރިޓަޔަރ ކުރާ ޕެންޝަން ލިބޭނެ ދުވަހެއް ސާފުކޮށްދޭން އެދޭ ކަމަށް ޓީޗަރަކު ދެންނެވުމާއި ގުޅިގެންނެވެ. އަދި މި ބަދަލު ދާއިމީ ގޮތަކަށް ހަމަޖެހިގެންދާނީ ކޮންއިރަކުންތޯ ވެސް ވަނީ ސުވާލުކޮށްފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެކަމަށް މި އަހަރުގެ ތެރޭގައި ހައްލެއް ގެނެސް ދެއްވާނެ ކަމަށެވެ.

"އެއް އަހަރު.މިހިނގާ 2024 ގައި، އެކަމަށް ކުރަން ޖެހޭ މަސައްކަތްކޮށް،ރަނގަޅު ހައްލެއް 2025 ފެށޭއިރަށް ގެނެސްދޭނަން."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ ކުރިން، ރައީސްގެ ޖަވާބު ޕްރޮގްރާމުގައި ވެސް ޖަވާބުދެއްވަމުން ރައީސް ޑރ.މުއިއްޒު ވަނީ 55 އަހަރާ 65 އަހަރާ ދޭތެރޭ ރިޓަޔަރމަންޓަށްދާ ފަރާތްތަކަށް އެލަވަންސެއް ތަޢާރަފްކުރެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ވިދާޅުވެފައެވެ. އަދި ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިކަމާއި ގުޅޭ އިދާރީ މަސައްކަތް ރައީސް އޮފީހުގެ ލީގަލް ޓީމާއި އެޓަރނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ފައްޓާފައިވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިހާރު ކުރިއަށް ދަނީ  މަޖިލީހަށް ފޮނުވަންޖެހޭ އިސްލާހްތައް ހުރުމުން އެކަމަށް ބޭނުންވާ އިދާރީ އަދި ޤާނޫނީ މަސައްކަތްތައް ކަމަށެވެ.

އާލީ ރިޓަޔާމަންޓުގެ ތެރެއިން ވަޒީފާއިން ވަކިވާ ޓީޗަރުންނަށް މަހުން މަހަށް ދެމުން އައި ޕެންޝަން ފައިސާ ހުއްޓާލީ 2022 ވަަނަ އަހަރުގެ މޭއި މަހުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައެވެ. މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ރައީސް ޞާލިހަށް ޓީޗަރުން ޕެޓިޝަނެއް ހުށަހަޅައި ބައްދަލު ކުރުމަށް މަސައްކަތްކޮށްފައިވާއިރު، ރައީސް ޑރ.މުއިއްޒު ރިޔާސީ ކެމްޕެއިންގެ ތެރެއިންނާއި، ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެސް އެ ޝަކުވާ ވަނީ ހުށައަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.