ރައީސް ޑރ.މުއިއްޒު އަދި އަބްދުއްރަހީމް-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Feb 2024 | 11:01
މަޖިލީހުގެ ބާކީ އޮތް ދުވަސްތަކުގައި ރައީސް ޑރ.މުއިއްޒު އަޒުލެއް ނުކުރެވޭނެ، އެ ފުރުސަތެއް ނުދޭނަން: އަބްދުއްރަހީމް

ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާކީ އޮތް ދުވަސްތަކުގައި ރައީސް ޑރ.މުއިއްޒު އަޒުލެއް ނުކުރެވޭނެ ކަމަށާއި، އެ ފުރުސަތު ނުވެސް ދެއްވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށްދިޔަ ޕީޕީއެމް/ޕީއެންސިގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ފަލާހްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުން ރައީސް ޑރ.މުއިއްޒު އަޒުލުކުރުމަށް ބޭނުން ނުވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ އަޣުލަބިއްޔަތު އޮތަސް، ރައީސް ޑރ.މުއިއްޒު އަޒުލް ކުރުމަށް ޖާގައެއް ނުދެއްވާނެ ކަމަށެވެ.

" އަޅުގަނޑު މިރޭ ދަންނަވާލަން އަޅުގަނޑުމެންގެ ވާދަވެރިންނަށް، ރައްޔިތުން ތިބީ އެއްގޮތަކަށް ވެސް ރައީސް ޑރ.މުއިއްޒު ވެރިކަމުން އަޒުލު ކުރާ ގޮތަކަށް ނޫނޭ. ރައްޔިތުން ބޭނުންވީ ރައީސް ޑރ.މުއިއްޒު މި ރާއްޖޭގެ ވެރިކަމަށް ގެންނަން. އެހެންވެގެން މިއަދު ވެރިކަމުގައި ޑރ.މުއިއްޒު އެހުންނެވީ. އެހެންވީމަ ތިގޮތަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ތިބޭފުޅުންގެ އަތުގައި އޮތް ކަމަށް ވިޔަސް ތިގޮތަށް ތިކަން ކުރަން އަޅުގަނޑުމެން ޖާގަ ދޭ ގޮތަކަށް ނޫން މިތިބީކީ."

އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ.މުއިއްޒަށް ހަވާލުކޮށްފައިވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި، އެމަނިކުފާނަށް ވެރިކަން ކުރުމަށް ޖާގަ ހޯދައިދިނުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. 

މީގެ އިތުރުންވެސް އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ރާއްޖޭގެ ގާނޫނުގެ ބާރު ކަނޑުވާލާ ކަމަށާއި، އެ ފަދަ ކޮންމެ ފަހަރކު ވެސް ތެދުވާނެ ކަމަށެވެ. އަދި ރައީސް ޑރ.މުއިއްޒުގެ ވެރިކަން ގާނޫނާއި ޚިލާފަށް ނިންމާ ނުލެވޭނެ ކަމަށް ބުނެ އަބްދުއްރަހީމް ވަނީ އިދިކޮޅަށް ރައްދު ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.