ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މަޢުމޫން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
24 Feb 2024 | 13:54
ކަނޑުގެ ސަލާމަތީ ކަންކަމަށް، ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރަން ރައީސް ޚާއްސަ އިސްކަމެއް ދެއްވާ: ވަޒީރު ޣައްސާން

ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ދިފާޢީ ބާރާއި ކޯސްޓްގާޑް ވަރުގަދަކުރުމަށް ރައީސް ޑރ.މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވާކަމަށް ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.

ވަޒީރު ޣައްސާން މިފަދައިން ވިދާޅުވީ އިންޑިޔާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިންޑިއާއާއި ރާއްޖެއާއި ސްރިލަންކާގެ ކޯސްޓްގާޑް ގުޅިގެން ކުރިއަށްގެންދާ މިއަހަރުގެ "ދޯސްތީ އެކްސަޒައިސް" އިފްތިތާޙުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

"މެރިޓައިމް ޓެރަރިޒަމް، ޓްރާންސްނޭޝަނަލް ގްރާންޓްސް، އެކްސްޓްރީމް ވެދަރއަކީ އިންޑިއާ ކަނޑުގެ ސަލާމަތަށްޓަކާ އަޅުގަނޑުމެން ވިސްނަންޖެހޭ ކަންކަން. ސަލާމަތްތެރިކަން ދެމެހެއްޓުމަށް ސަރަޙައްދީ ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާނެ. ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ދިފާޢީ ބާރާއި ކޯސްޓްގާޑް ވަރުގަދަކުރުމަށް ރައީސް ޚާއްސަ އިސްކަމެއް ދެއްވާ."

ޣައްސާން ވިދާޅުވިއެވެ.

މިއަދު ފެށިގެންދިޔަ "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ - 16" އަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑް އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގާ ހަރަކާތެކެވެ.

މިއީ ފެބުރުވަރީ 22 އިން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އެކްސަސައިޒެކެވެ. މި އެކްސަސައިޒް ގެ ތެރެއިން ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމުގެ ކޯސްޓްގާޑު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެކްސަސައިޒް ދޯސްތީ އެންމެ ފުރަތަމަ 1991 ވަނަ އަހަރު ފެށީ ރާއްޖެއާއި އިންޑިއާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތެެއްގެ ގޮތުގައެވެ. މިހަރަކާތާ ލަންކާ ގުޅުނީ 2012 ވަނަ އަހަރު އެވެ.

މި އެކްސަސައިޒްގެ މަގްސަދު ތަކުގެ ތެރޭގައި އިންޑިއާ ކަނޑުގައި ހިނގާ ހާދިސާތަކުގައި ސަލާމަތްތެރިކަން ބޭނުންވާ މީހުން ހޯދައި އެމީހުންނަށް ބޭނުންވާ އަވަސް ފަރުވާ ދިނުމާއި، ކަނޑުފޭރުމުގެ ހާދިސާތަކުގައި ރައްކާތެރިކަން ދިނުމާއި ކަނޑުމަތީގައި އިންސާނީ އެހީ ފޯރުކޮށްދިނުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.