އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Feb 2024 | 14:44
ޖުލައި މަސް ނިމުމުގެ ކުރިން ބަންކަރިންގެ ވިޔަފާރި އިހަވަންދިއްޕޮޅުގައި ފެށޭނެ: ވަޒީރު ސައީދު

ޖުލައި މަސް ނިމުމުގެ ކުރިން ބަންކަރިންގެ ވިޔަފާރި އިހަވަންދިއްޕޮޅުގައި ފެށޭނެ ކަމަށް ލަފާކުރައްވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު އުތުރުގެ 4 އަތޮޅަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހއ.ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ ދެތިން ހަފްތާއެއްގެ ތެރޭގައި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުންފުންޏާއި އެކު ބަންކަރިންގެ ހިދުމަތަށް އެ ސަރަހައްދު ވަންނާނެކަމަށެވެ. 

"އިރާދަކުރެއްވިއްޔާ ދެތިން ހަފްތާއެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ދުނިޔޭގެ ޓޮޕް ޓެން ގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏާއި އެކު ބަންކަރިންގެ ހިދުމަތަށް މި ސަރަހައްދު ވަންނާނެ. އެކަން އެ ހިސާބަށް ދިޔައީމަ ކުރިއަށް އޮތް ދެތިން މަހެއް ތެރޭ އަޅުގަނޑުމެން އިންތިޒާރު މި ކުރަނީ އެންމެ ލަސްވެގެންވެސް ޖުލައި މަސް ނިމުމުގެ ކުރިން އަޅުގަނޑުމެންނަށް އެ ވިޔަފާރި މިތާގައި ފެށޭނެ ކަމަށް."

ވަޒީރު ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބަންކަރިންގެ ޙިދުމަތުގެ ސަބަބުން އެތައް ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށެވެ. އަދި ކުދި، މެދުފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ވިޔަފާރީގެ ހަރަކާތްތަކެއް ތަނަވަސް ވެގެންދާ ކަމަށާއި ރާއްޖޭގެ އާމްދަނީ އެތައް ގުނަ އަކަށް އިތުރުވެގެންދާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މިއީ އިހަވަންދިއްޕޮޅު ގެ ރައްޔިތުން ޒަމާންތަކަކަށް އިންތިޒާރު ކުރި މަސައްކަތެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެ ސަރަހައްދުން ދަތުރުކުރާ ބޯޓް ފަހަރަށް ދެތިން މަސްތެރޭގައި ބަންކަރިންގެ ހިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.