މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް-- ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު
25 Feb 2024 | 14:20
ލޯކަލް މާރުކޭޓަށް ތަކެތި ގެނެސް ވިއްކުމުގެ ކޮންޓްރޯލް ބިދޭސީން ނަގާފައިވާތީ މޭޔަރު އާޒިމްގެ ކަންބޮޑުވުން!

ލޯކަލް މާރުކޭޓަށް ތަކެތި ގެނެސް ވިއްކުމުގެ މުޅި ނިޒާމްގެ ކޮންޓްރޯލް ބިދޭސީން ނަގާފައިވާކަމަށް ވިދާޅުވެ، އެކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އާޒިމް މިފަދައިން ވިދާޅުވީ މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ. އާޒިމް ވަނީ ވިޔަފާރީގެ ގޮތުން ބަލާއިރު މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އެ ދާއިރާ އާއި ގުޅުން ހުރި ތަންތަން އެބަހުރިކަމަށާއި މާރުކޭޓުތަކަކީ އެފަދަ ތަނެއް ކަމަށް ވިދާޅުވެ، މާލޭގެ މާރުކޭޓަށް ހެޔޮ ބަދަލުތަކެއް ގެންނަން ޖެހޭ ކަން ފާހަގަކުރައްވާފައެވެ.

މިގޮތުން އާޒިމް ވިދާޅުވީ އެތަނުގައި ތިބި ވިޔަފާރިވެރިންގެ ވަރަށް ގިނަ ޝަކުވާ ހުރިކަން ފާހަގަކުރެވޭ ކަމަށާއި މާރުކޭޓުގައި ޚިދުމަތްދޭ ވިޔަފާރިވެރިންގެ ހައްގުތައް ހޯދާދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ޕްރޮޑަކްޓް އުފެއްދުމާއި، މާލެ އަށް ގެނައުމާއި މާލެއިން މާރުކޭޓާއި ހަމައަށް ޕްރޮޑަކްޓް ފޯރުކޮށްދިނުމުގައި ވެސް ބިދޭސީން އިންތިހާ ގިނަވުމަކީ ވެސް ވިޔަފާރިވެރިންގެ ވަރަށް ބޮޑު ޝަކުވާ އެއްކަން އާޒިމް ވިދާޅުވިއެވެ. 

"ޝަކުވާ ހަމައެކަނި ގޮޅިއާ ހަމައިން ކޮށްގެން ނުވާނެ. ކީތްވެހޭ އަޅުގަނޑުމެންގެ މީހާ އެ ނުއުފެއްދީ. ކީއްވެހޭ ގެންނަން އަޅުގަނޑުމެންގެ މީހާ ނެތީ. ކީއްވެހޭ ގޮޅިއަށް އެ ގެންނަން އަޅުގަނޑުމެންގެ މީހާ ނެތީ. މިކަން ފެށެންވީ ރަށާއި ހިސާބުން. ކީއްވެތޯ ޖަވާބު ބޭނުންވޭ މި ސުވާލު މި ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ. މިކަމާ އިކޮނޮމިކް މިނިސްޓްރީންވެސް ފުލުހުންވެސް އިކޮނޮމިކް މިނިސްޓްރީން ވެސް އެބަޖެހޭ ސަމާލުވާން"

އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އާޒިމް ވިދާޅުވީ ރަށްރަށުގެ ދަނޑުވެރިކަން ރަނގަޅުކޮށް އެގްރިކަލްޗަރ ކުރިއަރުވަން ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް މަސައްކަތްކުރައްވާފައިވާ ކަމަށެވެ. އަދި ބޭރު މީހުން ނުލާ ގައުމު ނުހިންގޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެހެންކަމުން ބޭރުމީހުން ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކުރަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.