ލ.ބަރެސްދޫ-- ފޮޓޯ: ވަގުތު
ހަބަރު
25 Feb 2024 | 16:18
ބަރެސްދޫ މަޝްރޫއާއި ގުޅިގެން އެމްއައިޓީޑީސީން ރެއިންބޯ އަށް 918،000 ރުފިޔާ ދިނުމަށް ހުކުމްކޮށްފި

ބަރެސްދޫ މަޝްރޫއާއި ގުޅިގެން މޯލްޑިވްސް އިންޓްގްރޭޓެޑް ޓުއަރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ރެއިންބޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ގާތްގަނޑަކަށް 918،000 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ލ.ބަރެސްދޫ އިންވެސްޓްމަންޓް ޕްރޮޖެކްޓުގެ ނަމުގައި ބީޗް ހޮޓާ ތަރައްޤީކޮށް ހިންގުމަށްޓަކައި ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލުމުން ރެއިންބޯއިން ވަނީ ބީލަން ހުށައަޅާފައެވެ. އަދި އެ ބީލަން އެ ކުންފުނިން ގަބޫލުކުރުމުން، ރެއިންބޯއިން ވަނީ ބީޗު ބާ އަކާއި ގެސްޓްހައުސްއަކަށް އެޑްވާންސްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އެމްއައިޓީޑީސީއަށް ޖަމާކޮށްފައެވެ.

އެހެންނަމަވެސް ބަރެސްދޫ މަޝްރޫއު ކުރިއަށް ނުގެންދެވި ހުއްޓުމުން، އެޑްވާންސަށް ދައްކާފައިވާ ފައިސާތަކެއް ހޯދުމަށް ރެއިންބޯއިން އެމްއައިޓީޑީސީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުއެވެ.

މި މައްސަލައިގައި ރެއިންބޯއިން ބުނެފައިވަނީ ޖުމްލަ 1،187،766.08 ރުފިޔާ ދިނުމަށެވެ. އެއީ ބަރެސްދޫގައި ރެއިންބޯއިން ހަދަން އެއްބަސްވި ބީޗްބާއަށް އެޑްވާންސްގެ ގޮތުގައި އެ ކުންފުނިން ދައްކާފައިވާ 404،775ރ. އާއި ގެސްޓު ހައުސްއަކަށް އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ 513،999.95 ރުފިޔާއެވެ.

އަދި އޭގެ އިތުރުން، އެ ފައިސާ އެމްއައިޓީޑީސީއަށް ނުދެއްކި ނަމަ ބީއެމްއެލްއިން ޑިޕޮސިޓް އިންޓެރެސްޓުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 240،991.13 ރުފިޔާ އާއ ބިޑް ޑޮކިއުމަންޓް ސަބްމިޝަންގެ ގޮތުގައި ދައްކާފައިވާ 3،000 ރުފިޔާގެ އިތުރުން ގާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ދެއްކި 25،000 ރުފިޔާވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އެހެން ނަމަވެސް އެމްއައިޓީޑީސީގެ ފަރާތުން ސިވިލް ކޯޓުގައި ވަނީ އެ ފައިސާ ދޭން ޖެހޭ ކަމަށް އިންކާރުކޮށްފައެވެ.

މި މައްސަލަ ބެއްލެވި ގާޒީ ގާޒީ ރިޒްމީނާ އިދުރީސް ވަނީ ރެއިންބޯއިން ހޯދަން އެދުނު ފައިސާގެ ތެރެއިން ބޭންކް އިންޓްރެސްޓަށް ލިބޭނެ ކަމަށް ލަފާ ކުރި ފައިސާއާއި، ބިޑް ސަބްމިޝަން ފީ އާއި ވަކީލު ފީ ނަގައިނުދެވޭނެ ކަމަށް ނިންމާފައެވެ.

އެހެންނަމަވެސް، ބަރެސްދޫގައި ރެއިންބޯއިން ހަދަން އެއްބަސްވި ބީޗްބާއަށް އެޑްވާންސްގެ ގޮތުގައި އެ ކުންފުނިން ދައްކާފައިވާ 404،775ރ. އާއި ގެސްޓު ހައުސްއަކަށް އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ 513،999.95 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެ ހުކުމްގައި ވެއެވެ. މިއާއި އެކު އެމްއައިޓީޑީސީ އިން ރެއިންބޯ އަށް ޖުމުލަ 918،774.59 ރުފިޔާ ދޭން ޖެހޭ އިރު، މި ފައިސާ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެމްއައިޓީޑީސީ އަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. މި ކުންފުނިން އިއުލާނު ކުރި ފުރަތަމަ މަޝްރޫއަކީ ބަރެސްދޫން އާންމު ފަރާތްތަކަށް ބިން ދޫކޮށްގެން ޓޫރިޒަމް ވިޔަފާރި ކުރުމުގެ މަޝްރޫއެކެވެ. ނަމަވެސް މައްސަލަތަކެއް ދިމާވުމާއި ގުޅިގެން އެ މަޝްރޫއުތައް އޭރު ހުއްޓުނު އިރު، ނިމިދިޔަ ސަރުކާރުންވެސް ޑިޒައިނަށް ބަދަލުތަކެއް ގެނެސްގެން މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފަވާކަމުގެ ވާހަކަތަކެއް ދެކެވުނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.