އެމްއެންޔޫގެ ދެމަގާމަށް އައްޔަނު ކުރި ބޭފުޅުންނަށް މަގާމު ހަވާލުކޮށްދިނުން-- ފޮޓޯ: އެމްއެންޔޫ
ހަބަރު
26 Feb 2024 | 16:00
އެމްއެންޔޫގެ ދެ މަގާމަކަށް ބޭފުޅުން އައްޔަނުކޮށްފި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދެ މަގާމަކަށް ބޭފުޅުން އައްޔަނު ކޮށްފިއެވެ.

އަލަށް މީހުން މިއަދު އައްޔަނު ކުރި ދެ މަގާމަކީ ޔުނިވާސިޓީގެ ރަޖިސްޓަރާ އަދި ޑީން އޮފް ރިސާޗުގެ މަގާމެވެ.

މިގޮތުން ޔުނިވާސިޓީގެ ރަޖިސްޓަރާ ގެ މަގާމަށް މުހައްމަދު ޟާމިރު އައްޔަންކޮށްފައިވާއިރު، ޑީން އޮފް ރިސާޗްގެ މަގާމަށް އައްޔަންކުރީ ޑރ. މަރިޔަމް ޝަހްނީޒާ ނަސީރެވެ.

މި ދެ މަގާމަށް އައްޔަނުކުރެއްވި ބޭފުޅުންގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އެ ޔުނިވާސިޓީގައި ވަނީ ޚާއްސަ ހަފްލާއެއް  ބާއްވައިފައެވެ. މި ހަފްލާގައި އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވަނީ މި ދެބޭފުޅުންނާއި އެކު ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރައްވައިފައެވެ.  

މިއީ ޔުނިވާސިޓީގެ ރަޖިސްޓަރާގެ މަގާމަށް ހޮވިވަޑައިގެން ޟާމިރުގެ ދެވަނަ ދައުރެވެ.

ޟާމިރަކީ 2011 ވަނަ އަހަރުން ފެށިގެން އެމްއެންޔޫއަށް ޚިދުމަތް ކޮށްދެއްވަމުން އަންނަ ބޭފުޅެކެވެ. އެގޮތުން ޟާމިރު ޔުނިވާސިޓީއަށް ފުރަތަމަ ޚިދުމަތްކުރެއްވީ ލެކްޗަރާއެއްގެ ގޮތުގައެވެ. އެއަށްފަހު ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެސިސްޓަންޓް ރަޖިސްޓަރާގެ މަގާމުގައި ހުންނެވުމަށްފަހު، ރަޖިސްޓަރާއެއްގެ މަގާމަށް ބަދަލުވެވަޑައިގެން ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާއި ބެހޭ ބައި ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވިއެވެ.

މީގެ އިތުރުންވެސް، މިއަދު ޑީން އޮފް ރިސާޗާގެ މަގާމަށް އައްޔަނުކުރެއްވި ޑރ.މަރިޔަމް ޝަހްނީޒާ ނަސީރަކީ 12 އަހަރަށް ވުރެ ގިނަ ދުވަހު ތައުލީމީ ދާއިރާގައި ޚިދުމަތްކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ރިސާޗުގެ ދާއިރާއިން ވެސް އޭނާ ވަނީ ޚިދުމަތް ކޮށްދެއްވައިފައިވާ  ޝަހްނީޒާ މިހާރުވެސް ގެންދަވަނީ އެ ދާއިރާއިން ޚިދުމަތް ކުރައްވަަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.