ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
26 Feb 2024 | 16:09
ރައްޔިތުންނާއި ދުރުގައި މަސައްކަތް ކުރަން ފަސޭހައެއް ނޫން: ރައީސް ޑރ.މުއިއްޒު

ރައްޔިތުންނާއި ދުރުގައި މަސައްކަތްޕުޅު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ފަސޭހަފުޅު ނޫންކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިއަދު ހދ.މަކުނުދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ، ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތައް ވެސް ކުރައްވާ މައިގަނޑު ސަބަބަކީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުން ކަމަށާއި އަބަދުވެސް މަސައްކަތްޕުޅު ކުރާ ހިތްވަނީ އެ ގޮތަށް ކަމަށެވެ. އަދި ކުރިން މާލެ ސިޓީ މޭޔަރުކަމުގައި ހުންނެވިއިރު ވެސް މަސައްކަތް ކުރެއްވީ އެ ގޮތަށް ކަން ފާހަގަ ކުރައްވާ ރައީސް ޑރ.މުއިއްޒު ވިދާޅުވީ ރައްޔިތުންނާއި ދުރުގައި މަސައްކަތްޕުޅު ކުރައްވަން ފަސޭހަ ނޫން ކަމަށެވެ.

"ދަތުރުތައް މިކުރާ މައިގަނޑު ސަބަބަކީ ރައްޔިތުންނާއި ގާތުން ޚިދުމަތްދޭން. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާ ހިތްވާ ގޮތް އެއީ. ކުރީގައި މާލޭގައި މޭޔަރަކަށް ރައްޔިތުން ހޮވީމައި ވެސް މަސައްކަތް ކުރީ އެގޮތަށް. އަޅުގަނޑަކަށް ފަސޭހައެއް ނޫން ރައްޔިތުންނާއި ދުރުގައި މަސައްކަތްކުރާ ކަށެއް. އެހެންވީމަ ބޭނުންވަނީ ހަމަ ރަށް ރަށަށް ދާން. ރައްޔިތުންނާއި ގާތުން ކައުންސިލްތަކާއި ބައްދަލުކޮށް، އަދި ރައްޔިތުންނާއި ބައްދަލުކޮށް، ކަންކަން އޮޅުންފިލުވައިން މަސައްކަތް ކުރަން. އެހެންވީމަ އެގޮތުގައި ފެށި ދަތުރުތަކެއް މިއީ."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މި ދަތުރުތަކުގެ ތެރެއިން ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ކައުންސިލާއި ރައްޔިތުންނާއި ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ނުދެވޭ ރަށްތަކުގެ ކައުންސިލްތައް އެމަނިކުފާނުގެ އަރިހަށް ބައްދަލުކުރުމަށް އަންނަ ކަމަށާއި މި ބުރު ނިމޭއިރު، ކުރިއަށް އޮތް ތިން ހަފްތާ ތެރޭގައި, ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކާއި އަންހެނުންގެ ތަރައްގީއަށް މަަސައްކަތް ކުރާ ކޮމިޓީތަކާއި ބައްދަލުވާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ ކޮންމެހެން ދަތުރު ހަދާފައި ކައުންސިލުން، ރައީސް ޑރ.މުއިއްޒާއި ބައްދަލުކުރައްވަން މާލެ އަށް އަންނަން ނުޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ރައްޔިތުންގެ އަރިހަށް ވަޑައިގަންނަވާނެ ކަމަށާއި، ވަކިން ހާއްސަ ވުޒާރާއެއްވެސް އުފެއްދީ، ރައްޔިތުންނާއި ގާތުން ދުވަހުން ދުވަހަށް ކޮންމެ ކަމެއްގައި ވެސް ސަރުކާރުން ރައްޔިތުންނަށް އިޖާބަ ދިނުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.