މަސްވެރިންތަކެއް---
ހަބަރު
27 Feb 2024 | 13:48
މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން ޖުމްލަ 561 މިލިއަން ރުފިޔާ ދޫކޮށްފި

ސަރުކާރު މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާގެ ތެރެއިން، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން،  މިހާތަނަށް ޖުމްލަ 561 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރެވިފައިވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާގެ ތެރެއިން މި އަހަރުގެ ޖެނުއަރީ 14 ގެ ނިޔަލަށް ހުރި ބިލުތަކަށްވާ ފައިސާ އިއްޔެ ދައްކާ ނިންމާނެ ކަމަށް މިފްކޯއިން ބުނުމާއި ގުޅިގެން އެ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ 561 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވަނީ ތެލަށާއި އައިސް އަށް ދެވިފައިވާ ފައިސާ ހިމަނައިގެން ކަމަށެވެ.

މިހާތަނަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން މިފްކޯއިން ޖަމާކުރި 35 މިލިއަން ރުފިޔާ އާއި އެކު މިދިޔަ ބުދަ ދުވަހާއި އިއްޔެ ހިމެނޭހެން، ޖުމްލަ 105 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާނެ ކަމަށް ވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މަސްވެރިންނަށް ދޭންޖެހި ނުދެވިވާ ފައިސާ ދެއްކުމަށް ކަމާގުޅޭ އިދާރާތައް މެދުވެރިކޮށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން. މިގޮތުން މިއަދު މިފްކޯއިން ޖަމާކުރި 35 މިލިއަން ރުފިޔާއާއެކު ސަރުކާރުން މަސްވެރިންނަށް ވައުދުވެފައިވާ ގޮތުގެ މަތިން މިދިޔަ ބުދަ ދުވަހާއި މިއަދު ހިމެނޭހެން ޖުމްލަ 105 މިލިއަން ޖަމާކޮށްދީފައިވާނެ."

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުންވެސް އެ ވުޒާރާއިން ބުނީ ބާކީ ދޫނުކޮށް، ބެކްލޮގް ގައި ހުރި ފައިސާތައް މަސްވެރިންނަށް ދެވޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށެވެ.

މަސްވެރިންނަށް ބަރާބަރަށް ފައިސާ ދިނުމަށްޓަކައި ސަރުކާރުން ވަނީ މަސްގަންނަ އަގު 25 ރުފިޔާ އިން 20 ރުފިޔާ އަށް ދަށް ކޮށްފައެވެ. މިކަމާއި ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ އަގު ދަށްކުރީ، މަސްވެރިންނާއި މިފްކޯ ސަލާމަތުން ބޭއްވުމަށްޓަކައި ކަމަށާއި، މި ބަދަލަކީ މަސްވެރިން މިއަދު ތިބި ހާލަތު ބަދަލު ކުރުމަށް ގެނެވުނު ބަދަލެއް ކަމަށެވެ. އަދި ދައުލަތަށް ކެތްވާ އަގެއްގައި މަސް ގަންނަ ޖެހޭ ކަމަށް މަސްވެރިން ވެސް ގަބޫލުކުރާ ކަމަށާއި މަސްވެރިންނަށް ނުދެވޭ އަގެއްގައި މަސް ގަނެގެން މަސްވެރިން ނިކަމެތި ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

މި ސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމަށް މީގެ ކުރިން ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ. އަދި މަހުގެ އަގު މުރާޖާ ކުރެވުނު ދުވަހުން ފެށިގެން ކިރުނު މަހަށްވާ 26 މިލިއަން ރުފިޔާ ކޮންމެ ހަފްތާއަކު މިފްކޯއަށް މަސްވެރިން ކިރާ މަހަށް، ހަފްތާއެއް ތެރޭގައި ދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.