ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Feb 2024 | 13:53
އިދިކޮޅުން ގެންގުޅެނީ އެހެން ފަރާތެއްގެ މާ ބޮޑެތި މަސްލަހަތުތަކެއް ހިމާޔަތްކުރުމުގެ އެޖެންޑާއެއް: ރައީސް މުއިއްޒު

އިދިކޮޅު އެމްޑީޕީން ގެންގުޅެނީ މުޅިން އެހެން ފަރާތެއްގެ މާ ބޮޑެތި މަސްލަހަތުތަކެއް ހިމާޔަތްކުރުމުގެ އެޖެންޑާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ ށ. ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސަރުކާރާ އިދިކޮޅު ޕާޓީ، އެމްޑީޕީން މާ ބޮޑަށް ސިޔާސީވެ، އަމިއްލަ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ހުރަސްއެޅުމަށް މަޖިލިސް ތެރެއިން ޖެއްސުންކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ތަރައްގީވެފައިވާ ނުވަތަ ތަހުޒީބުވެފައިވާ ޑިމޮކްރަސީތަކުގައި އިދިކޮޅު ޕާޓީތަކުގެ މެންބަރުން ތިބި ނަމަވެސް ކަންކަން ކުރުމުގައި އުނދަގޫތަކާ ކުރިމަތި ނުވާ ކަމަށާއި ކޮންމެ ޕާޓީއަކުން މީހަކު ހޮވިފައި ހުރި ނަމަވެސް އެ ދާއިރާއަކަށް ނުވަތަ ގައުމަކަށް ކުރިއެރުން އަންނަ ކަންކަމުގައި އެއްބާރުލުންދޭކަމަށެވެ.

ނަމަވެސް އެއާއި ޚިލާފަށް ރާއްޖޭގައި މަޖިލިސް އޮންނަނީ މާ ބޮޑަށް ސިޔާސީވެފައި ކަމަށާއި،މިހާރުގެ އިދިކޮޅު ޕާޓީން ކަންކަމުގައި ވަރަށް ބޮޑަށް ޕާޓީ ލައިން ނަގާކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. އެއީ ގައުމަށް ފައިދާ ހުރި، ތަރައްގީގެ ވިސްނުމެން ނޫންކަމަށާއި އިދިކޮޅުން މިދިޔަ ތިން މަސްދުވަހުގެ އިތުރުން، ވެރިކަމުގައި ތިބިއިރު ވެސް، ގެންގުޅުނީ މުޅިން އެހެން ފަރާތެއްގެ މާ ބޮޑެތި މަސްލަހަތުތަކެއް ހިމާޔަތްކުރުމުގެ އެޖެންޑާއެއް ކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި ކަންކަން ފެނުނު ގޮތުން ވިއްޔާ އަދި އޭރު އެ ބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު ވެސް ގައުމާ ދޭތެރޭގައި ކަންތައްތައް ކުރި ގޮތަށް ބަލާއިރުގައި މުޅިން އެހެން ފަރާތެއްގެ މާ ބޮޑެތި މަސްލަހަތުތަކެއް ހިމާޔަތްކުރުމުގެ އެޖެންޑާއެއް ގެންގުޅެނީ."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މަޖިލީހުން މި އަހަރަށް ބަޖެޓު ފާސްކޮށްދިން އިރު ވެސް ،މަޝްރޫއުތަކަށް ފައިސާ ކަނޑައަޅާފައިވަނީ ބޭނުންވާވަރަށް ވުރެ މަދުން ކަމަށްވާތީ ގޮންޖެހުންތަކާއި ކުރިމަތިލައްވަން ޖެހޭ ކަމަށެވެ.

ސަރުކާރުން ބޭނުންވާ ކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މަޖިލިސް މެންބަރުންގެ އެއްބާރުލުން ނުލިބޭނަމަ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ކަންކަން ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ހުންނާނެ ކަމަށެވެ.

އެހެންކަމުން ރައީސް ޑރ.މުއިއްޒު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވޯޓްލާއިރު މިކަންކަމަށް ރައްޔިތުން ވިސްނުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެ، އާއިލީ މަސްލަތާއި ޕާޓީ މަސްލަހަތުން އެއްކިބާވެ ތިބެ، ހެޔޮ ވިސްނުމަށް ޖާގަ ދިނުމަށް ގޮވައިލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.