ރައީސް ޑރ.މުއިއްޒު-- ފޮޓޯ: ރައީސް ގެ ޖަވާބުގެ ސްކްރީން ޝޮޓެއް
ހަބަރު
27 Feb 2024 | 14:43
އެހާ ގިނަ މީހުންނަށް ޚިދުމަތްދޭއިރު، ހުޅުމާލެ ހޮސްޕިޓަލްގެ ފެންވަރު ވަރަށް ބޮޑުތަނުން މަތިކުރަންޖެހޭ: ރައީސް މުއިއްޒު

ގިނަ ބަޔަކަށް ހިދުމަތްދޭއިރު، ހުޅުމާލެ ހޮސްޕިޓަލްގެ ފެންވަރު ވަރަށް ބޮޑުތަނުން މަތިކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށް ގެންދާ ރައީސްގެ ޖަވާބު ޕްރޮގްރާމުގައި ހުޅުމާލެ، ފްލެޓް ނަންބަރު 51503، މުޙައްމަދު ރިޔާޒް، ހުޅުމާލޭގައި ޞިއްޙީ ޚިދުމަތް ލިބިގަތުމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށް ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މުޙައްމަދު ރިޔާޒް ވަނީ ގާތްގަނޑަކަށް ހުޅުމާލޭގައި ލައްކައެއްހާ މީހުންގެ އާބާދީ އެއް އުޅޭއިރު، ހުޅުމާލެ ހޮސްޕިޓަލް ހުރީ ކުރިން ވެސް ހުރި ހާލަތުގައި ކަމަށާއި، ހުޅުމާލެ ހޮސްޕިޓަލުން އެތެރެ ހަށީގެ މީހަކަށް ދައްކާލަން ގުޅީމައި 500 ނުވަތަ 800 މީހުންގެ ކިޔުއަކަށްދާ މައްސަލަގައި ރައީސް ގެ ހިޔާލުފުޅަކީ ކޮބައިތޯ އަހާފައެވެ.

މިސުވާލަށް ޖަވާބުދެއްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މުޙައްމަދު ރިޔާޒް ފާހަގަކުރި ކަންތައްތައް ހައްލު ވެގެން ދާނެ ކަމަށެވެ. އަދި އެހާ ގިނަ މީހުންނަށް ޚިދުމަތްދޭއިރު ހުޅުމާލެ ހޮސްޕިޓަލްގެ ފެންވަރު ވަރަށް ބޮޑަށް މަތިކޮށް، އިތުރު ހޮސްޕިޓަލެއް އަޅަން ޖެހޭ ކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"ހުޅުމާލެ ހޮސްޕިޓަލްގައި ދެންމެ ތި ވިދާޅުވި ކަންކަން ހައްލުވެގެންދާނެ. އެހާ ގިނަ މީހުންނަށް ޚިދުމަތްދޭއިރު ހުޅުމާލެ ހޮސްޕިޓަލްގެ ފެންވަރު ވަރަށް ބޮޑުތަނުން މަތިކުރަންޖެހޭ. އަދި އިތުރު ހޮސްޕިޓަލެއް ވެސް އަޅަން ޖެހޭ" 

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ  މާލެ ސިޓީ ސަރައްހައްދުގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ. އޭގެތެރެއިން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދަރުމަންވަންތަ ހޮސްޕިޓަލާއި ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސް އާއި އައިޖީއެމްއެޗް ގެ އިތުރުން ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތްތަކެއް ފެށިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.