ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ފުނަދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ރައީސް އޮފީސް
ހަބަރު
28 Feb 2024 | 12:19
މުވައްޒަފުންނަށް ވީމަ ލިބޭ ހުރިހާ ޢިނާޔަތެއް އ.ތ.މ ކޮމިޓީ މެންބަރުންނަށް ލިބޭ ގޮތް ހަދައިދޭނަން: ރައީސް މުޢިއްޒު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ހަމައެކަނި އެލަވަންސް އެއް ދިނުމުގެ ބަދަލުގައި، މުވައްޒަފުންނަށް ވީތީ ލިބޭ މުސާރައާއި އެކު ދެންވެސް ލިބޭ ހުރިހާ ޢިނާޔަތެއް ލިބޭ ގޮތް ހަދައިދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ހެނދުނު ށ. ފޮނަދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ލިބޭ 5 ޕަސެންޓް އެލަވަންސް އަކީ އަންހެނުންގެ ތަރައްޤީއަށް ކުރާ މަސައްކަތް ތަކަށް ހޭދަކުރާ އެއްޗަކަށް ހަދައި، އެ މެންބަރުންގެ މުސާރަ އަކީ އެ އެލަވަންސް އިން ދޭ އެއްޗެއްގެ ބަދަލުގައި ވަކިން ދޭ އެއްޗަކަށް ހެދުމަކީ މިސަރުކާރުން ވަރަށް ބޮޑަށް ތާއީދު ކުރާ ކަމެއް ކަމަށެވެ. 

ސަރުކާރުން، މަޖިލިސްގެ ތެރެއިން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް، އެކުރާ މަސައްކަތުގެ ބަދަލު ލިބޭނެ ގޮތް. އެއީ، ދޭ އެލަވަންސް އެއީ މުސާރައަކަށް ބަދަލުކޮށް، ޗުއްޓީއާއި، މުވައްޒަފުންނަށް ވީމާ، ލިބެންޖެހޭ ހުރިހާ އިނާޔަތްތައް ލިބޭގޮތް ހެދުން. އަދި އެލިބޭ 5 ޕަސެންޓް އެލަވަންސް އަކީ އަންހެނުންގެ ތަރައްޤީއަށް ކުރާ މަސައްކަތް ތަކަށް ހޭދަކުރާ އެއްޗަކަށް ހަދާފައި، މުސާރަ އަކީ އޭގެން ދޭ އެއްޗެއްގެ ބަދަލުގައި ވަކިން ދޭ އެއްޗަކަށް ހަދައި، އެގޮތަށް ބަދަލު ކުރުމަށް. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށްޓަކައި ކޮށްދެއްވަން އެ ބޭނުންވާ ކަންތައް ކުރެވެން އޮތީ ގާނޫނަށް ބަދަލު ގެނެސް ގެންނެވެ. އެހެންކަމުން، އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މުހިންމު ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ސަރުކާރުގެ ވިސްނުމުގައި މަޖިލީހުގައި މަސައްކަތް ކުރާ ބައެއް ތިބުމަކީ އެކަންކަން ކުރުމަށް މުހިންމު ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. 

މީގެ އިތުރުން ފުނަދޫ ޖަލްސާގައި ރައީސް މުޢިއްޒު ވަނީ، އެރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ރޭވިފައިވާ ކަންކަމަށް އަލިއަޅުވާލައްވާފައެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވީ، އެންމެ އިސްކަމެއްދެއްވާނެ އެއްކަމަކީ ފުނަދޫގެ ހޮސްޕިޓަލުގެ ފެންވަރު މަތިކުރުމަށް ކަމަށާއި، އެގޮތުން އެ ހޮސްޕިޓަލަކީ ޚިދުމަތުގެ ގޮތުންނާއި، އިމާރާތުގެ ގޮތުންވެސް ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށްވާނެ ކަމުގައެވެ. ހަމައެހެންމެ ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްޤީކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށާއި، އޭގެ ތެރޭގައި އެއާޕޯޓުގެ ރަންވޭ އިތުރަށް ދިގުކުރުމާއި، އެއާޕޯޓުގެ ޚިދުމަތްތައް ރަނގަޅުކުރުމާއި، ފްލައިޓްތައް އިތުރުކުރުން ފަދަ ކަންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ށ އަތޮޅުގައި ހުރި ރަށްރަށުގެ ތެރެއިން ޓޫރިޒަމް ފުޅާކުރުމަށް ބޭނުންކުރެވިދާނެ ރަށްރަށުގެ ބޭނުންހިފައި ޓޫރިޒަމް ފުޅާކުރުމާއި، ށ. ފުނަދޫގައި ބިންހިއްކުމުގެ މަޝްރޫޢެއް ކުރިއަށްގެންދިއުމާއި، މިހާރުވެސް އޮތްގޮތަށް އާބާދީ އެއްފަސްކުރުމުގެ ކަންކަން ކުރިމަގުގައިވެސް ކުރިއަށްގެންދިއުމަށް މަގު ފަހިވާގޮތަށް ކަންކަން އިންތިޒާމުކޮށްގެން ކުރިއަށްގެންދަވާނެކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް