ކޮމަންޑޫ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވާހަކަދައްކަވަނީ--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 Feb 2024 | 13:26
ވަޢުދުވީ ގޮތަށް ކޮމަންޑޫ ކައިރީއޮތް ދިގުވެލިދޫގައި އެއާޕޯޓެއް އަޅައިދޭނަން: ރައީސް ޑރ. މުޢިއްޒު

ރިޔާސީ އިންތިހާބުގެ ކެންޕެއިން ތެރެއިން، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ކޮމަންޑޫ ކައިރީ އޮންނަ ދިގުވެލިދޫގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ށ. ކޮމަންޑޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިއަދު އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެ ރަށުގައި ފަށާފައި ހުއްޓިފައި، ނޫނީ މަސައްކަތް ލަސްވެފައި ހުރި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަކީ ރަށުގެ ރައްޔިތުން މިވަގުތައް އެންމެ ބޭނުންވާ އެއް ކަން ކަމަށެވެ. 

އެގޮތުން އެ ރަށުގެ ބަނދަރުގެ މަސައްކަތާއި، ފެނާއި ނަރުދަމާ އާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޮމަންޑޫއާ މަތި ކޮމަންޑޫއާ ގުޅާލުމަކީވެސް އެރަށު ރައްޔިތުންގެ އެދުމެއް ކަމަށާ، އެ ހުވަފެން ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަންކަން މި އަހަރު ތެރޭގައި ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. 

އަދި ހަމައެއާއެކީގައި އެންމެ ގިނަ ޒަމާން ވަންދެން އިންތިޒާރު ކުރާ މަޝްރޫޢު އަކީ އެއާޕޯޓް. ދިގު ވެލިދޫ ގައި އެއާޕޯޓްއެއް އަޅައި ދިނުމަކީ އަޅުގަނޑު ކެންޕެއިން ތެރޭގައި، ވެފައި ހުރި ގިނަ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ވަޢުދު. އަޅުގަނޑު ވަޢުދުވީ ގޮތަށް އެކަން ކުރާނަން. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިކަން ކަމުގެ އިތުރުން، ސިއްހީ ނިޒާމް ވަރުގަދަ ކުރުމާއި، ތަޢުލީމީ ނިޒާމުގެ ތެރޭގައި ހިމެނޭ ކަންކަމާއި، ކޮމަންޑޫގައި އައިސް ޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

އެހުރިހާ ކަމެއްވެސް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސުލްޖުމުހޫރިއްޔާ ވަނީ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަވާނީ ރައްޔިތުންނާއި މަޝްވަރާ ކޮށްގެން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.