ރައީސް ޑރ.މުހައްމަދު މުއިއްޒު އަދި އަނބިކަބަލުން ސާޖިދާ މުހައްމަދު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 Feb 2024 | 14:41
ދިމްޔާތުގައި ހުރީ އަމިއްލަ ޚަރަދު ގައި، ދައުލަތުގެ ފައިސާ ހަރަދުކޮށްފައެއް ނުހުންނާނެ: ރައީސް މުއިއްޒު

ދިމްޔާތުގައި ހުންނެވި ދުވަސްވަރު ދިމްޔާތަށް ހަރަދުކުރެއްވީ އަމިއްލަފުޅަށް ކަމަށާއި، ދައުލަތުގެ އެންމެ ރުފިޔާއެއްވެސް ދިމްޔާތަށް ޚަރަދު ނުކުރައްވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށްގެންދާ، ރައީސްގެ ޖަވާބު ޕްރޮގްރާމްގައި ށ.ފުނަދޫ، ނީލްވިލާ، އާމިނަތު ނަޖްމާ، ރައީސް ދެކަނބަލުންގެ ފަރިއްކޮޅަށާއި، އަމިއްލަފުޅު ގޭގެ ޚަރަދުބަރަދަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފިކަމަށް ފަތުރާ ވާހަކައިގެ ހަގީގަތާމެދު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ ދިމްޔާތުގައިި ހުންނެވި ދުވަސްތަކަށް ދައުލަތުން 25 މިލިއަން ހަރަދު ކުރިކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. ދައުލަތުން ހަރަދު ކުރާ ގޮތަށް ހަމަޖެހިފައި އޮންނަ ނަމަވެސް، އެއްވެސް ކަމެއްގައި، އަމިއްލަ އަތުން ނޫނިއްޔާ ގެޔަަށް ހަރަދުކުރަން ބޭނުންފުޅުނުވި ސަބަބަކީ ދުވަހަކުވެސް މިފަދަ ވާހަކައެއް ބުނުމަށް ވެސް މީހަކަށް ފުރުސަތު ނުދިނުން ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

"އެއްކަމަކަށް ދެން ތިވިދާޅުވީ އަޅުގަނޑު ގޭގައި އަޅުގަނޑު ހުރި ދުވަސްތަކަށް 25 މިލިއަން ހަރަދު ކުރިކަމަށް. އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް. އަޅުގަނޑު ގޭގައި ހުރީ އަޅުގަނޑު އަމިއްލަ ހަރަދުކޮށްގެން. ދައުލަތުގެ އެންމެ ރުފިޔާއެއްވެސް ހަމަ އެއްވެސް ހަރަދެއް ނުހުންނާނެ ގެޔަށް ކޮށްފައެއް. އަދި އެއްވެސް ކަމަކަށް ހަރަދެއް ނުވެސް ކުރުވަން."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ބުއްދީގެ ގޮތުން ބަލާއިރުވެސް، 100 ދުވަސްތެރޭ ކެއުމަށް 30 މިލިއަން ރުފިޔާ ހަރަދު ކުރުމަކީ ގަބޫލު ކުރަން ދަތި ވާހަކައެއް ކަމަށެވެ. މުލިއާގޭގެ ބަޖެޓްގައި ވެސް ކެއުމަށް އޮންނަނީ އަހަރަކު 7 ލައްކަ ރުފިޔާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، 100 ދުވަސްތެރޭ 30 މިލިއަން ރުފިޔާ ހަރަދުވާނީ ދުވާލަކު އެތައް ލައްކަ ރުފިޔާ އެއް ހަރަދުކޮށްގެންކަމަށެވެ.

"ބުއްދީގެ ގޮތުން ބަލާއިރުވެސް، ބުއްދީގެ ހަމަތަކުން ބަލާއިރުވެސް، ގަބޫލުކުރަން ދަތި ވާހަކައެއް 30 މިލިއަން ރުފިޔާ 100 ދުވަސްތެރޭ ކެއުމަށް ހަރަދު ކުރުން. މުލިއާގޭގެ ބަޖެޓްގައި ވެސް ކެއުމަށް އޮންނަނީ އަހަރަކު 7 ލައްކަ ރުފިޔާ. އަހަރަކު 7 ލައްކަ ރުފިޔާ. ދެން 30 މިލިއަން ދުވާލަކު އެތައް ލައްކަ ރުފިޔާ އެއް ހަރަދުކޮށްގެން ނޫންތޯ 100 ދުވަސްތެރޭ 30 މިލިއަން،"

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިއީ މި ސަރުކާރުގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ސާފުކޮށް އެނގޭތީ، އިދިކޮޅުން އެކަމަށް ދައްކާނެ ވާހަކައެއް ނެތުމުން ހަދައިގެން އުޅޭ ސްޓްރެޓެޖީކަމަށެވެ. މީގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއި ރެޖިސްޓަރ ނުކޮށް ހިންގާ ނޫސްތަކާއި ފޭސްބުކް ޕޭޖްތައް ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއާއި ހިލާފަށް އެއްވެސް ހަގީގަތެއް ނެތް ވަރަށް ބައިވަރު ވާހަކަތައް ފަތުރަމުންދާކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުއިއްޒު ވަނީ އެފަދަ ވާހަކައެއް އިވިއްޖެ ނަމަ، ކަންކަމުގެ ހަގީގަތް ބެލުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.