މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 Feb 2024 | 15:53
ފުނަދޫގެ އައިސް ޕްލާންޓުގެ މަސައްކަތް ފަށައި ތިން މަސް ތެރޭ ނިންމާނަން: ވަޒީރު ޝިޔާމް

ށ. ފުނަދޫގައި އައިސް ޕްލާންޓެއް އެޅުމުގެ މަސައްކަތް، ރޯދަމަހަށް ފަހު ފަށައި، އެ މަސައްކަތް ފަށާތާ، ތިންމަސް ދުވަސް ތެރޭގައި ނިންމަވާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ށ. ފުނަދޫ ރައްޔިތުންނާއި ރައީސުލްޖުމުހޫރިއްޔާ ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ފުނަދޫ ހިމެނޭ ސަރަހައްދަށް އައިސް ޕްލާންޓެއް ބޭނުންވާ ކަމަށް ފުނަދޫ އާއި ށ. އަތޮޅުގެ ގިނަ އަދަދެއްގެ މަސްވެރިން އެބޭފުޅާ އަށް ގުޅުއްވައި ދަންނަވާ ކަމަށެވެ. 

އެހެންކަމުން އެމަސައްކަތް ފެށުމަށް މިހާރުވެސް ތައްޔާރުވަމުން އަންނަކަމަށާ، ކުރިއަށް އޮތް ރަމަޟާން މަސް ނިމުމުން އައިސް ޕްލާންޓުގެ މަސައްކަތް ފެށޭވަރު ވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

އަޅުގަނޑު މިރަށަށް އަންނަ ކޮންމެ ފަހަރަކު، އަދި މި ރަށުގެ ކައުންސިލުގެ ބޭފުޅުންނާއި، އަދި މިރަށުގެ މަސްވެރި ކުރައްވާ ބޭފުޅުން އަޅުގަނޑަށް ވަރަށް ގިނައިން ގުޅުއްވާފައި ވިދާޅުވޭ، މިހިސާބުން އައިސް ލިބޭނެ ގޮތެއް މި ރަށުގައި ގާއިމް ކޮށްދޭށޭ. އެހެންވީމާ އައިސް ޕްލާންޓެއް އިރާދަކުރެއްވިޔާ ރަމަޟާން މަސް ނިމޭ ހިސާބުން ފެށިގެން، މިހާރު އެއޮތީ އެވޯޑް ކުރުމާއި ހިސާބުގައި، މިފްކޯއަށް އެވޯޑް ކުރުމާއެކު، އިރާދަކުރެއްވިޔާ އެ މަސައްކަތް މިރަށުގައި ކުރިއަށް ދާނެ. އަޅުގަނޑުމެން ނުނަގާނެ، އިރާދަކުރެއްވިޔާ މިދިޔަ ސަރުކާރުހެން އަހަރު ދެ އަހަރެއް. އައިސްޕްލާންޓެއް އެޅޭނެ ގިނަ ވެގެން 6 މަހުން. އަޅުގަނޑުމެންގެ އަމާޒަކީ އައިސް ޕްލާންޓެއް ތިން މަސް ތެރެއިން އެޅުން. އިރާދަކުރެއްވިޔާ ރަމަޟާން މަސް ނިމި، ތިން މަސް ތެރޭގައި އަޅުގަނޑުމެން ޔަގީން ކުރާނަން މި ރަށުގައި އެ އައިސްޕްލާންޓް ގާއިމް ކުރަން. 

ވަޒީރު އަހުމަދު ޝިޔާމް 

އައިސް ޕްލާންޓުގެ އިތުރުން ފުނަދޫއަކީ ފަރުމަހުގެ މަސްވެރިކަން ކުރާ ރަށަކަށްވުމުން އެ ރަށާ ކައިރީގައި ވަދު ކަނދުފައްޗެއް ބާއްވަން ރައްޔިތުން ބޭނުންވާ ކަމަށާއި އެކަން ވެސް އަންނަ ހުކުރު ދުވަހު ކުރިއަށް ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ފުނަދޫއަކީ މެރިކަލްޗަރ ކުރިއެރުވޭނެ ރަށަކަށްވުމުން އެ ފުރުސަތުތައް ފަހި ކުރުމަށް ކުރެވެން ހުރި ކަންކަން ވެސް ދިރާސާ ކުރަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް