ހޯރަފުށީގައި ބޭއްވުނު ކުޅިވަރު ހަރަކާތެއްގެ ތެރެއިިން
ކުޅިވަރު
28 Feb 2024 | 19:16
22 ސްޕޯޓްސް ކުލަބުން ހޯރަފުށީގައި ހޭންޑްބޯލް ކޯޗިން ކޭމްޕެއް ބާއްވަނީ

22 ސްޕޯޓްސް ކުލަބުގެ ފަރާތުން އިންތިޒާމްކޮށްގެން 01 މާރިޗު 2024 އިން 06 މާރިޗު 2024 އަށް ހއ. ހޯރަފުށީގައި ހޭންޑްބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ތައްޔާރުވަމުން އަންނަކަމަށް އެކުލަބުން ބުނެފިއެވެ.

22 ސްޕޯޓްސް ކުލަބުގެ ފަރާތުން ވޮއިސްއަށް މައުލޫމާތު ދިންގޮތުގައި ކަނބަލުންނަށް ޚާއްޞަކޮށްގެން ބޭއްވޭ މި ކޭމްޕަކީ ހޯރަފުށީގެ ކައުންސިލްގެ އިތުރުން އެރަށުގެ ޔޫތު ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕެކެވެ.

މީގެއިތުރުން މިކޭމްޕް ކުރިއަށް ގެންދިއުމުގައި ބޭނުންވާ ޓެކްނިކަލް ސަޕޯޓް ހއ. ދިއްދޫގެ ކުޅިވަރު އެކަޑަމީ އެއްކަމަށްވާ "ފަތޯ އެކަޑަމީ"ގެ ފަރާތުން ލިބިގެންދާނެކަމަށް އެކުލަބުން ބުނެފައިވެ އެވެ. އެގޮތުން މި ކޯޗިންގ ކޭމްޕުގައި މުދައްރިބެއްގެ ގޮތުގައި ކިޔާވާދެއްވާނީ ފަތޯ އެކަޑަމީގެ ހެޑް ކޯޗު އަދި ތަޖުރިބާކާރު ހޭންޑްބޯލް އިންސްޓްރަކްޓަރު ފަތުހުﷲ ޖަމީލް އެވެ. އަދި މީގެ އިތުރުން ފަތުހުﷲ ޖަމީލް އަކީ ތަޖުރިބާކާރު ހޭންޑްބޯލް ރެފްރީ އެވެ.

މި ކޭމްޕާއި ބެހޭގޮތުން ފަތުހުﷲ ޖަމީލް ވޮއިސްއަށް މައުލޫމާތު ދެމުން ވިދާޅުވީ މި ކޭމްޕްގައި ޕްރެކްޓިކަލް ކުލާސްތަކުގެ އިތުރުން ތިއެރީ ކުލާސްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށާއި، ޖުމްލަކޮށް މި ޕްރޮގްރާމްގެ ތެރެއިިން ހޭންޑްބޯޅައިގެ އެޑްވާންސް ހުނަރު ތައް ބައިވެރިންނަށް ދަސްކޮށްދެވޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ