ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 Feb 2024 | 21:33
އާރުޓީއެލް ފެރީ ނިޒާމް ނޫނު އަތޮޅުގައި ރަނގަޅު ފެންވަރެއްގައި ފަށާނަން: ރައީސް ޑރ.މުއިއްޒު

ނޫނު އަތޮޅުގައި އާރުޓީއެލް ފެރީ ނިޒާމް ރަނގަޅު ފެންވަރެއްގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅަށް މިހާރު ކުރައްވާ ދަަތުރުފުޅު ގެ ތެރެއިން ނ.މަނަދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނޫނު އަތޮޅުގައި އާރުޓީއެލްގެ ފެރީގެ ނިޒާމް ނެތްކަން ފާހަގަކުރައްވާ، ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެކަމާއި ގުޅޭ މަޝްވަރާތައް ފައްޓަވާނެ ކަމަށެވެ. މިކަމާއި ގުޅޭ މާބޮޑު ތަފްސީލެއް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައި ނެތް ނަމަވެސް، ނޫނު އަތޮޅުގައި ރަނގަޅު ފެންވަރެއްގައި، އާރުޓީއެލް ފެރީގެ ހިދުމަތް ފައްޓަވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

"އަޅުގަނޑު އެއްކަމެއް އެއާއި އެކީގައި ފާހަގަކޮށްލާނަން. ދެންމެގައި ކައުންސިލްގެ ރައީސް ވެސް ފާހަގަކުރެއްވި، އާރުޓީއެލް ފެރީ ނިޒާމް މި އަތޮޅުގައި ނެތްކަން. އަޅުގަނޑު އެކަމާއި ގުޅޭ މަޝްވަރާތައް ފައްޓާނަން. ދެން ތަފްސީލް ދޫކޮށްލާފަ ނަތީޖާގެ ވާހަކަ ދައްކާނީ. ނަތީޖާ އަކަށް ވާނީ އިރާދަ ކުރެއްވިއްޔާ މިއަތޮޅުގައި ރަނގަޅު ފެންވަރެއްގައި ފަށާނަން. އަދި މިރަށުގައި ބޭނުންވާ ފެރީ ޓާމިނަލް ގާއިމުކޮށްދީ އެކަން ކުރިއަށް ގެންދާނަން."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

 މަނަދޫގެ ރައްޔިތުންނާއި ރައީސް ޑރ.މުއިއްޒު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، މިފަދައިން ވެފައި ހުރި ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި، ކުޅިވަރު ކުޅޭނެ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމު ކުރުން ހިމެނޭހެން އެ ރަށަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއްވެސް ފުއްދަވާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.